ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ކޮމިޓީއެއް އުފައްދައިފި

ސަރުކާރުގެގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ދޫކުރާ ބިމާ ފްލެޓު ދޭނެ ފަރާތްތަކަށް ކަނޑައެޅުމަށް ކޮމިޓީއެއް އުފައްދައިފި އެވެ. ޕްލޭނިން މިނިސްޓްރީން ބުނީ އެ ކޮމިޓީގެ ނަމަކީ ގެދޮރުވެރިންގެ ކޮމިޓީ ކަމަށެވެ...

22 Feb 2023 | 05:29

ސަރުކާރުގެގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ދޫކުރާ ބިމާ ފްލެޓު ދޭނެ ފަރާތްތަކަށް ކަނޑައެޅުމަށް ކޮމިޓީއެއް އުފައްދައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ ކޮމިޓީގެ ނަމަކީ ގެދޮރުވެރިންގެ ކޮމިޓީ ކަމަށެވެ. މި ކޮމިޓީ އުފައްދައި އިއްޔެ ވަނީ ފުރަތަމަ ބައްދަލުވުން ބާއްވާފައި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ކޮމިޓީ އެކުލަވާލާފައިވަނީ ފަސް މެމްބަރުންގެ މައްޗަށް ކަމަށެވެ. ކޮމިޓީގައި ހިމެނޭ މެމްބަރުންނަކީ

1. އަކްރަމް ކަމާލުއްދީން (ޗެއާޕާސަން)

2. އަނަސް އަބްދުއްސައްތާޜު (ކޯ-ޗެއާޕާސަން)

3. މަރިޔަމް ނާޒިމާ

4. އައިޝަތު ރަޝީދާ

5. މުހައްމަދު އާރިފު

މި ސަރުކާރުގެ ފުރަތަމަ ބޯކިޔާވަހިކަމުގެ މަޝްރޫއުއަށް މުއްދަތު ހަމަވި އިރު35،861 ފޯމް ހުށަހަޅާފައިވެ އެވެ. އެއީ ގޯއްޗަށް އެދި 15،164 ފޯމާއި ފްލެޓް ހޯދުމަށް 20،697 ފޯމެވެ.

މި މަޝްރޫއުގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ3،000 ގޯއްޗެވެ. ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާނީ4،000 ފްލެޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް