ދެ ސްކޫލެއްގައި ކްލާސް ރޫމްތަކަކާއި ހޯލު އަޅަން ބަޔަކާއި ހަވާލުކޮށްފި

އަތޮޅު ތެރޭގެ ދެ ސްކޫލެއްގައި ކްލާސް ރޫމްތަކަކާއި މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރަން ކުންފުނިތަކާއި ހަވާލުކޮށްފި އެވެ. އެ ދެ ސްކޫލްގެ ތެރެއިން ހދ. ނައިވާދޫ ސްކޫލް ހޯލް އިމާރާތް ކުރަން ހަވާލު ކުރީ ޕަވަ...

22 Feb 2022 | 18:03

އަތޮޅު ތެރޭގެ ދެ ސްކޫލެއްގައި ކްލާސް ރޫމްތަކަކާއި މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރަން ކުންފުނިތަކާއި ހަވާލުކޮށްފި އެވެ.

އެ ދެ ސްކޫލްގެ ތެރެއިން ހދ. ނައިވާދޫ ސްކޫލް ހޯލް އިމާރާތް ކުރަން ހަވާލު ކުރީ ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަތަރު ކްލާސްރޫމް އަޅަން ހަވާލު ކުރީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި އެވެ.

މި އެއްބަސްވުންތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. ޕަވަރޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ތަސީން ޢަލީ އެވެ. ވެލްޓްރޭޑިންގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް މާކެޓިންގ ހަސަން އިބްރާހީމް ދީދީ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ނައިވާދޫ ސްކޫލް ހޯލުގެ މަސައްކަތް ޕަވަރޭ އާއި ހަވާލު ކުރީ9.4 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ޖެހެނީ އެއް އަހަރު ދުވަހުގެ ތެރޭގައި އެވެ.

ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަތަރު ކްލާސް ރޫމް އަޅަން ވެލްޓްރޭޑިން އާއި ހަވާލު ކުރީ4.7 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ޖެހެނީ120 ދުވަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް