"ގައުމީ ތަރިކަ ކޮމިޓީ"ގެ ނަމުގައި މިއަދު ކޮމިޓީއެއް އުފައްދައިފިއެވެ.
ކޮމިޓީގެ މަސައްކަތުގެ ތެރޭގައި ސަގާފީ ތަރިކަ ގިންތިކުރުމާއި، ފާހަގަކުރެވޭ ސަގާފީ އަގުކުރުމާއި، ހިމާޔަތްކުރެވިފައިވާ ސަރަހައްދު ކަނޑައެޅުމާއި، ސަގާފީ ތަރިކަ ދަފުތަރުން އުނިކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ދާއިމީ އާސާރީ ތަކެތީގެ ތެރޭގައި ހިމެނުމަށް ގައުމީ ދާރުލްއާސާރަށް ގަނެގެން ހޯދާ ތަކެތި ކަނޑައެޅުމާއި، ގައުމީ ދާރުލްއާސާރުގެ ދާއިމީ ތަކެތީގެ ތެރެއިން ތަކެތި އުނިކުރުމާއި، ގައުމީ ދާރުލްއާސާރުގެ ތަކެތީގެ ތެރެއިން އަނބުރާ ރައްދުކުރާ ގޮތަށް ދޫކުރާ ތަކެތި ދޫކުރުމުގެ ހުއްދަ ދިނުމުގައި ލަފާދިނުން ހިމެނެއެވެ.
13 މެންބަރުންގެ މައްޗަށް އެކުލެވޭ މިކޮމިޓީގައި ހިމެނެނީ ހެރިޓޭޖް މިނިސްޓރްީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޠާރިޤް، ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން، ޤައުމީ އަރުޝީފުގެ ޑިރެކްޓަ ޖެނެރަލް؛މުޙައްމަދު އާމިރު، އިސްލާމިކް މިނިސްޓްރީގެ މުސާއިދު ވާއިޛް އައްޝައިޚް މޫސާ އަންވަރު ޙަސަން، ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް؛ ޙައްވާ ނަޒްލާ، އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް މުޙައްމަދު ޒާހިރު، ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ރިސަރޗް އެނަލިސްޓް؛ މުޙައްމަދު ނާޖިހު، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ އާކިޓެކްޓް؛ ޒަހާ އަހުމަދު، ހައުސިން މިނިސްޓްރީގެ ޕްރޮޖެކްޓް އިންޖިނިއަ އަޙްމަދު ސުޖީތު، ޓޫރިޒްމް މިނިސްޓްރީގެ ޕްލޭނިންގ އޮފިސަރު ޢަބްދުﷲ އިޔާޒު، ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް ނަސީމާ އަހުމަދު، އާކިޓެކްޓް އަދި ލިޔުންތެރިއެއް ކަމަށްވާ މަރިޔަމް އިޝާ ޢަޒީޒް ގެ އިތުރުން އާކިޓެކްޓެއް ކަމަށްވާ ޢަލީ ޝަރީފުއެވެ.
ކޮމިޓީގެ މަސައްކަތްކުގެ ތެރޭގައި ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާއި، ގާނޫނު ތަންފީޒު ކުރުމުގައި ލަދާ ހޯދުމަށް ވަޒީރު އެދޭ ކަންކަންކަމަށް ލަފާ ދިނުމާއި މި ނޫނަސް ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުން މި ކޮމިޓީން ކުރަންޖެހޭނޭކަމަށް ބުނާ ކަންކަން ކުރުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް