ލަވަކިޔުންތެރިޔާ ކޭކޭ 11 ވަނަ ދަރިއަށް ބަލިވެ އިނުމުން ސަޕޯޓަރުންނަށް ޝޮކެއް!

އެމެރިކާގެ ލަވަކިޔުންތެރިޔާ ކޭކޭ ވާޔަޓަށް 11 ވަނަ ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފި އެވެ. އޭނާ އިންސްޓަގްރާމްގައި ބުނެފައިވަނީ ވާޔަޓް އާއިލާއަށް "އިތުރު އެކެއް" އަންނަން އުޅޭކަން ފަހުރުވެރިކަމާއި އެ...

22 Feb 2022 | 14:35

އެމެރިކާގެ ލަވަކިޔުންތެރިޔާ ކޭކޭ ވާޔަޓަށް 11 ވަނަ ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފި އެވެ.

އޭނާ އިންސްޓަގްރާމްގައި ބުނެފައިވަނީ ވާޔަޓް އާއިލާއަށް "އިތުރު އެކެއް" އަންނަން އުޅޭކަން ފަހުރުވެރިކަމާއި އެކު އިއުލާނު ކުރާ ކަމަށެވެ.

އޭނާގެ ހުރިހާ ދަރިންނާއި ފިރިމިހާ އާއި އެކު ނަގާފައިވާ ފޮޓޯ އަކާއި އެކު ކޮށްފައިވާ އެ ޕޯސްޓުގައި ބުނެފައިވަނީ އެ ފޮޓޯގައި އަންހެން ދަރިފުޅު ކައިލާ މަދުވިޔަސް ހަމަ ހުރި ފަދަ ކަމަށެވެ.

ބަލިވެ އިންކަން ކޭކޭ އިއުލާނު ކުރުމުން ސޯޝަލް މީޑިއާގައި ދަނީ އެކަން ބޮޑު މަޖާ ގަނޑަކަށްވެ ޝުއޫރު ފާޅު ކުރަމުންނެވެ. އޭނާގެ ސަޕޯޓަރުން މަރުހަބާ ކިޔަމުންދާއިރު ބައެއް މީހުން ބުނަނީ އެވަރަށް ދަރިން ހޯދާތީ ރިއަލިޓީ ޝޯއެއް ހަދާލުންވެސް ރަނގަޅު ކަމަށެވެ.

ކޭކޭ ވަނީ ބަނޑުބޮޑުކަން އެނގޭ ފޮޓޯތަކެއްވެސްވެސް އިންސްޓަގްރާމް ކޮށްފައި އެވެ.

https://www.instagram.com/p/CaNR1OKJ7ZO/

ކޭކޭއަށް ފުރަތަމަ ދަރިފުޅު ލިބުނީ 2000 ވަނަ އަހަރު އެވެ. އެންމެ ފަހުން އޭނާ ވިއެއީ މިދިޔަ އަހަރު ފަހުކޮޅު އެވެ.

އޭނާއަށް 11 ދަރިން ލިބިފައިވަނީ ތިން ފިރިންނަށެވެ. މިހާރުގެ ފިރިމީހާ ޒެކާރިއާ ޑޭވިޑް އާއި ދެމީހުންނަށް ލިބެން މިއުޅެނީ ދެ ވަނަ ދަރިފުޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް