ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއެްގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ވީހާ ވެސް އަވަހަކަށް ނެގުމަށް އެޗްޑީސީން އަންގައިފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހާބަ 1، ހާބަ 2 އަދި ޗެނަލް 2 ޕްރޮޖެކްޓް ފެށުމަށް ބިން ހުސްކޮށް އަންނަ މަހު ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ބިންތައް ދޫކުރުމަށް،
އެ ޕްރޮޖެކްޓުތައް ފެށުމަށް ކަނޑައަޅާފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ކުރުމަށް އެޗްޑީސީން ވަނީ ނިންމައިފަ އެވެ. އެ ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތީގެ ވެރިފަރާތްތަކުން އެ މުއްދަތުގެ ކުރިން އެ ތަކެތި ނެގުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.
އެޗްޑީސީން ބުނީ އެ ދީފައިމުއްދަތުގެ ފަހުން އެ ބިންތަކުގައި ނުގެންގޮސް ހުންނަ ތަކެއްޗަކީ އެ ތަކެތީގެ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްފައިވާ ތަކެތި ކަމުގައި ބަލައި، އެ ތަކެއްޗާ މެދު އެ ކުންފުނިން ފެންނަ ގޮތަކަށް އަމަލުކުރެވޭނެ ކަމަށެވެ. އަދި މި މަސައްކަތުގައި ތަކެއްޗަށް/ތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަށް އެ ކުންފުނިން ޒިންމާ ނުވާނެކަމަށް އެ އިއުލާނުގައިވެ އެވެ.
މީގެ ކުރިން ވެސް އެޗްޑީސީން ވަނީ ހުޅުމާލޭގެ ހުސްބިންތަކުގައި ހުރި ބޭނުން ނުކުރެވޭ ތަކެތި ނެގުމަށް އަންގާފައެވެ. ނަމަވެސް އެ ތަންތަނުން ތަކެތި ހުސްކޮށްފައެވއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް