ސަލްމާން މިސްކިތް މި އަހަރުގެ ރޯދަމަހަށް ހުޅުވަނީ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް  މިއަހަރުގެ ރޯދަމަހަށް ހުޅުވަން ނިންމައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަަމާނު މަބްރޫކް އަޒީޒް މި...

22 Feb 2022 | 11:51

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް  މިއަހަރުގެ ރޯދަމަހަށް ހުޅުވަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ މި އަހަރުގެ ރޯދަ މަހު ސަލްމާން މިސްކިތުގައި ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.

ސަލްމާން މިސްކިތް ނުހުޅިވި ލަސްވާތީ އިދިކޮޅު ޕާޓތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ފަސްބުރީގެ ސަލްމާން މިސްކިތުގައި އެއްފަހަރާ 10،000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ސަރުކާރުން ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްގެން އިމާރާތްކޮށްފައިވާ އެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތްތައް ނިންމާލިތާ މިހާރު އަހަރުތަކެއްވެއްޖެއެވެ. އަދި އެ މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މި ސަރުކާރުން ބުނެފައި ވެ އެވެ.

ސަލްމާން މިސްކިތުގެ ފުރަތަަމަ ދެ ފަންގިފިލާ ނަމާދުކުރަން ހާއްސަކޮށްފައިވާ އިރު ތިނެއް އަދި ހަތަރު ވަނަ ފަންގިފިލާ ބޭނުންކުރާނީ އޮޑިޓޯރިއަމްއެއްގެ ގޮތުގައެވެ. އަދި ފަސްވަނަ ފަންގިފިލާގައި މަލްޓި ޕާޕަސް ބޮޑު ހޯލެއް ހިމެނޭއިރު އެކިއެކި އިވެންޓްތައް އެތަނުގައި ބޭއްވޭނެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް