ޔާމީން ވިލިނގިއްޔަށް ވަޑައިގެންނަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގއ. ވިލިގިއްޔަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ. ރައީސް ޔާމީން ވިލިނގިއްޔަށް ވަޑައިގެންނަވާނެ ކަމަށް ބެލެވެނީ ކުރިޔަށް އޮތް ހަފްތާ ބަންދާ ދިމާކޮށެވެ. މިކަން އަދި ޕީޕީއ...

22 Feb 2022 | 11:28

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގއ. ވިލިގިއްޔަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.

ރައީސް ޔާމީން ވިލިނގިއްޔަށް ވަޑައިގެންނަވާނެ ކަމަށް ބެލެވެނީ ކުރިޔަށް އޮތް ހަފްތާ ބަންދާ ދިމާކޮށެވެ. މިކަން އަދި ޕީޕީއެމްއިން ކަށަވަރެއް ނުކޮށްދެ ެވެ.

ޔާމީންގެ މި ދަތުރުފުޅަކީ އިދިކޮޅުން ކުރިޔަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ކުރައްވާ ދަތުރުފުޅެކެވެ. މީގެ ކުރިން މި ކެމްޕެއިންގައި އެމަނިކުފާނު ވަނީ ފ. އަދި ކާު އަތޮޅަށް ވަޑައިގެންފަ އެވެ.

ރައީސް ޔާމީންގެ އަރިހުގައި ޕީޕީއެމް އާއި ޕީއެންސީގެ ވެރިން ވިލިނގިއްޔަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް