ގއ.އަތޮޅު މަދަރުސާގެ މަލްޓިޕާރޕަސް ހޯލް އިމާރާތް ކުރަން ބަޔަކާއި ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލު ކުރީ ކަރާ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.
މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑދރ. އައިޝަތު އަލީ އެވެ. ކަރާ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ވަހީދު އެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ11.8 މިލިއަން ރުފިޔާ އަށެވެ.
މަސައްކަތް ނިންމަން ޖެހެނީ330 ދުވަހުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް