ޅަފަތުގައި ކުދިންނަށް އުގަންނައިދޭ ތަޢުލީމަކީ މާދަރީ ބަހުގެ މައްޗަށް ބިނާވެފައިވާ ތަޢުލީމަކަށްވާންޖެހޭކަން ގަބޫލުކުރުމަކީ މުހިންމުކަމެއްކަމަށާއި، މިކަމުގެ ސަބަބުން ކިޔަވަން ބޭނުންވާ މިންވަރާއި އުގެނޭ މިންވަރު އިތުރުވެގެންދާނެކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހުން ފޮނުއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހަކީ 45 ގައުމަށް ނިސްބަތްވާ މުވައްޒަފުން އުޅޭ އޮފީހެއްކަމަށާއި، މާދަރީ ބަހުގެ ދުވަހުގައި ލިބޭ އެންމެ ބޮޑު ފަޚުރަކީ މުވައްޒަފުން، އެބޭފުޅުންގެ އަމިއްލަ މާދަރީބަހުން ދުވަހުގެ ތަހުނިޔާ ދެންނެވުންކަމަށެވެ.
ޝަހިދުގެ އިތުރުން މި ވީޑިއޯ މެސެޖުގައި ދިވެހިރާއްޖެ ހިމެނޭހެން 45 ގައުމަކަށް ނިސްބަތްވާ ބޭފުޅުން 30 ބަހުންވަނީ ދުވަހުގެ ތަހުނިޔާފޮނުވާފައެވެ.
އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މިނިސްޓަރ ޝާހިދު ދިވެހިން ބަހުން ވަރަށް ގިނަ ފަހަރަށް ވާހަކަ ދައްކަވާފައިވެއެވެ. އަދި އާއްމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްވެސް ދިވެހި ބަހުން ތަޤުރީރުކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް