އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ އެޕް ޓްރަތް ސޯޝަލް ލޯންޗުކޮށްފިއެވެ.
ޓްރަމްޕް އޭނާގެ އަމިއްލަ އެޕެއް ލޯންޗުކޮށްފައި މިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީސް ކުރާގޭ ދޮށުގައި މުޒާހަރާކޮށް ދިން ހަމަލާގައި މުޒާހަރާގެ ބައިވެރިންނަށް ޓްވިޓަރ، ފޭސްބުކް އަދި ޔޫޓިއުބް މެދުވެރިކޮށް ހިތްވަރުދެއްވާފައި ވާތީ ފޭސްބުކް އަދި ޓްވިޓާފަދަ މީސްމީޑިއާ އެޕްތައް އޭނާ އަށް ބޭނުން ނުކުރެވޭނެހެން ބްލޮކްކޮށްފައި ވަނިކޮށެވެ.
އެގޮތުން ޓްރަމްޕްގެ މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕުން ވަނީ މިހަފްތާގައި "ޓުރުތް ސޯޝަލް" ގެ ނަމުގައި އާ ސޯޝަލް މީޑިއާ އެޕެއް އާންމުކޮށް ބޭނުންކުރެވޭގޮތަށް ލޯންޗުކޮށްފައެވެ.
ޓްރަމްޕްގެ މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕުގެ ސީއީއޯ ޑެވީން ނުނެސް ވިދާޅުވީ ޓްރޫތް ސޯޝަލް ނަމަކަށް ކިޔާ މި އެޕް އަންނަ މާޗް މަސް ނިމުމުގެ ކުރިން "ފުރިހަމައަށް އޮޕަރޭޓް" ކުރެވޭނެ ކަމަށެވެ.
އެޕްސްޓޯއިން ޑައުންލޯޑު ކުރެވޭގޮތަށް މިހާރު ހިމަނާފައިވާ މި އެޕް، "ޓްރުތް ސޯޝަލް" މިހާރު ވަނީ އެޕްސްޓޯއިން މިފަހުން އެންމެ ގިނަބަޔަކު ޑައުންލޯޑް ކުރި ފްރީ އެޕްގެ ގޮތުގައިވެސް ހިމެނިފައެވެ.
އަދި މި އެޕް ލޯންޗުކޮށްފައިވަނީ އެޕަލް އެޕް ސްޓޯރުގައި އެކަންޏެވެ. ގޫގަލް ޕްލޭ ސްޓޯރަށް ވަރަށް އަވަހަށް ރިލީޒް ކުރާނެ ކަމަށް މި އެޕްގެ ޓީމުން ބުނެއެވެ.
މީގެ އިތުރުން ބައެއް މި އެޕްގެ ޑިމާންޑް ބޮޑުވެ ބައެއް ފަރާތްތަކުން މި އެޕަށް ލޮގިން ވެވޭތޯ މަސައްކަތް ކުރުމުން " ޕްލީޒް ޓްރައި އެގެއިން ލޭޓާރ، ސަމްތިންގް އިޒް ވެންޓް ރޯންގް" ފަދަ މެސެޖުތައް ލިބިފައިވާކަން ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް