މި ހިނގާ 2022 ވަނަ އަހަރުގެ މިއަދު ވެފައިމިވަނީ ރީތި ތާރީހަކަށެވެ. 22022022 މި ރީތި ތާރީހުގައި ރާއްޖޭގައި އެތައް ކައިވެންޏެއް މިއަދު ކުރެވޭއިރު ބައިނަލްއަގްވާމީ ގޮތުން ބަލާއިރު މިއަދަކީ ބައިނަލްއަގްވާމީ ވިސްނުމުގެ ދުވަސް (world thinking day) އެވެ.
މި ދުވަހަކީ ގާލް ގައިޑުންނާއި ގާލް ސްކައުޓުންގެ މެދުގައި 1926 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ފާހަަގަކުރަން ފެށި ދުވަހެކެވެ. މި ދުވަސް ހަމަ އެކަނި ވިސްނުމުގެ ދުވަސް ގޮތުގައި ފާހަހަކުރަމުން އައިސް ބައިނަލްއަގްވާމީ ވިސްނުމުގެ ދުވަހަށް މި ދުވަސް ބަދަލުކުރީ 1999 ވަނަ އަހަރުގައެވެ.
މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ "Our World, Our Equal Future: The environment and gender equality" އެވެ.
2005 ވަނަ އަހަރުން ފެށިގެން މި ދުވަހަށް ހާއްސަ ޝިއާރެއް ކޮންމެ އަހަރަކަށް ވާހެން އާންމުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް