ޤިބްލަ ކުންފުނިން ޢުމްރާ ޕެކޭޖްތަކެއް ތަޢާރަފްކޮށްފި

ޤިބްލަ ކުންފުނިން ޢުމްރާ ޕެކޭޖްތަކެއް ތަޢާރަފްކޮށްފިއެވެ. މި ކަން ހާމަކޮށްފައި ވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ޗެއަރމަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. ޑރ. ޝަހީމް ...

22 Feb 2022 | 04:30

ޤިބްލަ ކުންފުނިން ޢުމްރާ ޕެކޭޖްތަކެއް ތަޢާރަފްކޮށްފިއެވެ.

މި ކަން ހާމަކޮށްފައި ވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ޗެއަރމަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ޑރ. ޝަހީމް ވިދާޅުވީ އުމްރާއަށް ދިއުން ފަސޭހަވާގޮތަށް އަހަރުތެރޭގެ ކޮންމެ ދުވަސްވަރެއްގައި ވެސް އުމްރާއަށް ދެވޭނެ އިންތިޒާމުތައް ޤިބްލަ ހައްޖު އެންޑް އުމްރާ ކުންފުނިން ފަހިކޮށްދޭނެ ކަމަށެވެ.

ތަފާތު 9 ޕެކޭޖަކާއި އެކު އެ ކުންފުނިން ތައާރަފްކުރި ކުރި މި ޚިދުމަތުގެ އިތުރުން އެ ކުންފުނިން ވަނީ ރަށްރަށުގައި ތިބި މީހުންނަށް ވެސް އުފާވެރި ޚަބަރެއް ދީފައެވެ. އެގޮތުން އަތޮޅުތެރޭގައި ދިރިއުޅޭ މީހުންނަށް ވަކި ހާއްސަ ޕެކޭޖުތަކެއް ވަނީ އެކުންފުނިން ތައާރަފްކޮށްފައެވެ.

މި ޕެކޭޖްގައި ވަކި ރަށެއްގެ މީހުން އެމީހުންނަށް ފަސޭހަ ދުވަސްވަރެއްގައި ޢުމްރާއަށް ދާން ބޭނުން ނަމަ އެކަން ފަހިކޮށްދެވޭނެއެވެ. އެ ދަތުރުގައި ދާނީ ހަމަ އެރަށެއްގެ މީހުން އެކަނި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

އަދި ދަތުރުގެ އެންމެހާ ކަންކަމެއް ޚިދުމަތަށް އެދޭ ފަރާތްތަކުން ބޭނުންވާ ފެންވަރުގައި ކުންފުނީގެ ފަރާތުން މެނޭޖްކުރާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކުންފުނިން އުމްރާ އަށް ދާން ވީއައިޕީ ޕެކޭޖެއް ތައާރަފްކޮށްފައިވެއެވެ. އެ ޕެކޭޖް މެދުވެރިކޮށް އުމްރާ އަށް ދާ މީހުން ތިބޭނީ ހަރަމްފުޅާ ވަރަށް ގާތުގައި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި އެތެރޭގެ ދަތުރުތަކަށް ވެސް ވީއައިޕީ ޚިދުމަތް ދެވޭނެއެވެ.

ޤިބްލަ ކުންފުނިން ދެވަނައަށް ތައާރަފްކޮށްފައި ވަނީ ފެމިލީ ޕެކޭޖްއެވެ. އެ ޕެކޭޖަކީ މީހުން އެއްނުވެ ވަކިން އާއިލާއެއްގެ ގޮތުގައި އުމްރާ އަށް ދާން ބޭނުންވާ ފަރާތްތަކަށް އޮތް ހާއްސަ ޕެކޭޖެކެވެ. އެ ދަތުރުގައި ދާ އާއިލައާ އެހެން ބަޔަކު ބައިވެރި ނުވާނެއެވެ.

ޒުވާނުންނަށް ހާއްސަ ޔޫތު ޕެކޭޖެއް އުފައްދާފައުވާއިރު، އެ ޕެކޭޖުން ކުރާ ދަތުރުގައި އުމްރާގެ އަޅުކަމުގެ އިތުރުން ޒުވާނުންނާ ގުޅޭ މަރުކަޒުތަކާއި އިސްލާމީ ތާރީޚީ ތަންތަނާއި ސްޕޯޓްސް ދާއިރާއާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރުމުގެ އިތުރުން ކީރިތި ރަސޫލާގެ ޒުވާން ޙަޔާތްޕުޅު ކިޔައިދިނުން ފަދަ ތަރުބަވީ ކަންކަން ވެސް

ހިމެނޭނެ ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.

ދަރިވަރުންނަށް ހާއްސަ ޕެކޭޖުގައި ޢުމްރާ ކުރާ ކިޔަވާކުދިންނަށް ޢުމްރާގެ އަޅުކަމުގެ އިތުރުން މައްކާއާއި މަދީނާއާއި ޠާއިފްގެ އިސްލާމީ ބިނާތަކާއި ތާރީޚީ ތަންތަނާއި ކަންކަން ކިޔައިދެވޭނީ ފިލާވަޅުތަކެއް ގޮތައް އެތަންތަން ތަނަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް ޤިބްލަ ކުންފުނިން ބުނެއެވެ.

ވަކި ވަކި އޮފީސްތަކުގެ މީހުންނަށް ވެސް ވަކިން އުމްރާއަށް ދެވޭނެ ގޮތަށް ކޯޕަރޭޓް ޕެކޭޖެއް އުފައްދާފައިވާއިރު މި ޕެކޭޖްގެ ދަށުން ޚާއްޞަ ރޭޓްތަކެއްގައި އޮފީސްތަކާއި ކުންފުނި ތަކުގެ މުވައްޒަފުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

ސީޒަނަލް ޢުމްރާ ޕެކޭޖްގެ ދަށުން ބަރަކާތްތެރި ރަމަޟާންމަހާއި، އެނޫން މޫސުމްތަކުގައި ނުވަތަ އަހަރީ ޗުއްޓީތަކުގައި ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭއިރު، ހަނީމޫން ދުވަސްވަރަށް އުމްރާގެ ދަތުރެއް ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާފައި ކަމަށް ޤިބްލް ކުންފުނިން ހާމަކުރެއެވެ. އަދި މިއީ އެ ދަތުރުގައި ، މައްކާ މަދީނާގައި ދުވަސްތައް ހޭދަކޮށްލަން ބޭނުންވާނަމަ އެކަން ވެސް ފަހި ވާގޮތައް ޚާއްޞަ ކުރެވިފައިވާ ޓުއާއެކެވެ.

މި ޚިދުމަތާއި އެކު ރަށުގައި ހުރެގެން ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީ ވެވޭއިރު، މިހާރު އެ ގްރޫޕުން ވިސާ ވެސް ޖަހައިދޭނެ ކަމަށް ޤިބްލަ ކުންފުނިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް