ބޮޑު ހިލަ ހިފައިގެން ތިމަރަފުއްޓަށް ދިޔަ ބާޖެއް ފަރަށް އަރައިފި

ބޮޑު ހިލަ ހިފައިން ތ. ތިމަރަފުއްޓަށް ދިޔަ ބާޗެއް އެ އަތޮޅު ފުނައްޑޫ ފަރަށް އަރައިފި އެވެ. ތިމަރަފުށީ ކައުންސިލުން ބުނީ ބާޖު ފަރަށް އެރީ އިއްޔެ ހަވީރު ކަމަށެވެ. އަދި ރަށު ރައްޔިތުންނާއި ކުންފުނިން ގުޅި...

22 Feb 2017 | 06:59

ބޮޑު ހިލަ ހިފައިން ތ. ތިމަރަފުއްޓަށް ދިޔަ ބާޗެއް އެ އަތޮޅު ފުނައްޑޫ ފަރަށް އަރައިފި އެވެ.

ތިމަރަފުށީ ކައުންސިލުން ބުނީ ބާޖު ފަރަށް އެރީ އިއްޔެ ހަވީރު ކަމަށެވެ. އަދި ރަށު ރައްޔިތުންނާއި ކުންފުނިން ގުޅިގެން އެ ބާޖު ފުން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ބާޖަކީ އެ އެމްޓިސީގެ ބާޖެކެވެ. ބާޖު ކަފުޖައިގެން ދިޔަ ބޯޓު މިހާރު ވަނީ ފުންކޮށްފައި އެވެ. އެކަމަކު ބާޖު ފުން ނުކުރެވިގެން އުޅެނީ މިހާރު ދިޔަވަރު ހިކިފައިވުމުން ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ.

ފަރަށް އެރި ބާޖުގައި ހުރީ ތިމަރަފުށީ އެއާޕޯޓު ހިއްކި ސަރަހައްދު ތޮށިގަނޑު ހިމާޔަތް ކުރަން ޖަހަން ގެންދާ ހިލަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް