ދުނިޔޭގައި މިވަގުތު ހުރި އެންމެ ބަރު އަންހެން މީހާ ބޭނުންވަނީ ސަލްމާން ޚާން އާ ބައްދަލުކުރަން

ދުނިޔޭގައި މިވަގުތު ހުރި އެންމެ ބަރު އަންހެން މީހާގެ ގައިގައި 500 ކިލޯހުރެއެވެ. މިސްރަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ މި އަންހެންމީހާއަކީ އީމާން އަހުމަދު އަބްދުއްލަތީއެވެ. އީމާން މިވަގުތުހުރީ އިންޑ...

22 Feb 2017 | 05:28

ދުނިޔޭގައި މިވަގުތު ހުރި އެންމެ ބަރު އަންހެން މީހާގެ ގައިގައި 500 ކިލޯހުރެއެވެ. މިސްރަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ މި އަންހެންމީހާއަކީ އީމާން އަހުމަދު އަބްދުއްލަތީއެވެ. އީމާން މިވަގުތުހުރީ އިންޑިޔާގައެވެ. އެއީ އޭނާގެ ބަރުދަން މާބޮޑަށް ބަރުވެފައިވާތީ ބޭރިއާޓްރިކް ސަރޖަރީ ހެދުމަށެވެ. މުމްބާއީގެ ހޮސްޕިޓަލެއްގައި އީމާން އެޑްމިޓްކޮށްފައިވާއިރު އީމާން ވަނީ ހޮސްޕިޓަލުގެ އޮފިޝަލުން ގާތު އޭނާ ސަލްމާން އާ ބައްދަލުކުރަން ބޭނުންވާކަމަށް ބުނެފައެވެ. މިހާރު އުފެދޭ ސުވާލަކީ އެތައްހާސް ފޭނުންނެއް ސަލްމާން އާ ކޮންމެ ދުވަހަކު ބައްދަލުކުރަން ބޭނުންވާއިރު އެފުރުސަރު އީމާން އަށް ލިބޭނެ ބާއެވެ؟

ސުވާލުގެ ޖަވާބު ދިނީ ސަލްމާން ގެ ބޭބެ އަރްބާޒު ޚާންއެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިކަމާގުޅޭގޮތުން ވާހަކަދައްކަމުން އަރުބާޒު ޚާން ބުނެފައިވަނީ ،ސަލްމާން އަށް އޭނާގެ ހުރިހާ ފޭނުންނާ ބައްދަލުނުކުރެވުނު ނަމަވެސް އީމާން އާ ބައްދަލުކުރުމުގެ ކަންކަން ވޭތޯ ވަރަށް ބަލާނެކަމުގައެވެ. ސަލްމާންގެ ޓީމުން ސަލްމާންގެ ޝެޑިޔުލް ހުރިނެތްގޮތް ބަލާ އީމާން އާ ބައްދަލުވެވޭނެ ގޮތެއް ވަރަށް ބޮޑަށް ބަލާނެކަމަށް އަރުބާޒުވަނީ ބުނެފައެވެ. މިޚަބަރު ވެގެންދާނީ ހަމަގައިމުވެސް އީމާން އަށް އުފާވެރި ޚަބަރަކަށްތާއެވެ.

އީމާންގެ ބަރުދަނުގެ ސަބަބުން ފާއިތުވި 20 އަހަރު އޭނާ އުޅެފައިވަނީ އެނދުން ނުތެދުވެއެވެ. ހޮސްޕިޓަލުގައި އޭނާ އޮންނަ އިރުވެސް މުޅިންވެސް ބަލަނީ ސަލްމާން ގެ ފިލްމުތައްކަމަށް ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް