ވޯޓުލާން ދިޔަ އިރު ލިސްޓުގައި ނަން ނެތިގެން ވަރުން ދަވަން ރުޅިއައިސްފި

ބޮލީވުޑްގައި ވިދަމުންދާ ތަރި ވަރުން ދަވަން އިއްޔެ ވޯޓު ލާން ދިޔައިރު ވޯޓާސް ލިސްޓުގައި އޭނާގެ ނަން ނެތިގެން ވޯޓު ނުލާ ގެއަށް ދާން ޖެހިއްޖެ އެވެ. މުމްބާއީގައި މިހާރު ކުރިޔަށްދަަނީ ބޮންބޭ މުނިސިޕަލް ކައ...

22 Feb 2017 | 03:20

ބޮލީވުޑްގައި ވިދަމުންދާ ތަރި ވަރުން ދަވަން އިއްޔެ ވޯޓު ލާން ދިޔައިރު ވޯޓާސް ލިސްޓުގައި އޭނާގެ ނަން ނެތިގެން ވޯޓު ނުލާ ގެއަށް ދާން ޖެހިއްޖެ އެވެ.

މުމްބާއީގައި މިހާރު ކުރިޔަށްދަަނީ ބޮންބޭ މުނިސިޕަލް ކައުންސިލް އިލެކްޝަނެވެ.  ރިޕޯޓުތައް ބުނާގޮތުގައި އިއްޔެ އޭނާ ވޯޓުލާން ދިޔައީ އެންމެ ފަހުންވެސް ވޯޓުލާން ދިޔަ ބްރިހަމް މުމްބާއީ މުނިސިޕަލް ކައުންސިލަށެވެ.

ވޯޓާސް ލިސްޓުގައި ނަން ނެތިގެން ރުޅިއައިސްގެން ވަރުން ދާން ފެށުމުން މީޑިއާއިން ސުވާލު ކުރުމުން އޭނާ ބުނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގައި ޖައްސާނެ ކަމަށެވެ. އަދި އޭނާގެ ނަން ލިސްޓުގައި ނޯންނަންވީ ސަބަބެއް އޮވެގެން ނުވާނެކަމަށް ބުންޏެވެ.

އައި ރުޅީގައި އޭނާ ބުނެފައިވަނީ މިދިޔަ އަހަރުވެސް އޭނާ ވޯޓުލީ އެތަނަށް ކަމަށެވެ. އެކަމަކު އެހެން ބުނެވުނީ އޮޅުމަކުން ކަމަށް ބުނެ ފަހުން ޓުވީޓެއް ކުރި އެވެ. އެ ޓުވީޓުގައި ބުނެފައިވަނީ އަސްލު މާނައަކީ 2014ވަނަ އަހަރުގެ ލޮކްސަބާ އިންތިހާބުގައި ވޯޓުލީ ވާހަކަ ކަމަށް ބުނެފައިވެ އެވެ.

މި އިންތިހާބުގައި ބޮލީވުޑްގެ ގިނަ ތަރިންނެއް ދަނީ ވޯޓުލަމުންނެވެ. އެކަމަކު ވަރުން އަށް ދިމާވިހެން ވޯޓާސް ލިސްޓުގައި ނަން ނެތިގެން އެނބުރި އެއްވެސް ތަރިއަކަށް ދާކަށް ނުޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް