މާލޭގައި ދިރިއުޅޭ 70 ވަރަކަށް ތިނަދޫ ރައްޔިތުންނާއި ނައިބު ރައީސް ބައްދަލު ކުރައްވައިފި

ނައިބު ރައީސް އަބްދުﷲ ޖިހާދު މާލޭގައި ދިރިއުޅޭ ގދ. ތިނަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލުވުން އޮތީ ރޭ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި އެވެ. ރައިސް އޮފީހުން ބުނީ މި ބައްދަ...

22 Feb 2017 | 03:02

ނައިބު ރައީސް އަބްދުﷲ ޖިހާދު މާލޭގައި ދިރިއުޅޭ ގދ. ތިނަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުން އޮތީ ރޭ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި އެވެ.

ރައިސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުނަށް އެ ރަށުގައި ސަރުކާރުން ކުރިޔަށްގެންދާ  މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ނައިބު ރައިސް ޖިހާދު ހިއްސާ ކުރެއްވި ކަމަށެވެ. އެގޮތުން ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރާއި ގުޅިގެން އެ ރަށުގައި ސަރުކާރުން ކުރިޔަށް ގެންދާ ހުރިހާ މަޝްރޫއެއް އަންނަ އެޕްރިލް 30 ގެ ކުރިން ނިންމާނެ ކަމަށް ނައިބު ރައިސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އިތުރަށް ބައިވެރިވެވަޑައިގެންނެވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާނާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲހިލްމީއާއި، ރައސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރާއި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަބީބާއި، އެންޓީކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސް މުއައްވިޒު ރަޝީދެވެ.

މި ބައްދަލުވުމުގައި ތިނަދޫ ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅޭ 70 ވަރަށް މީހުން ބައިވެރިވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް