ލ. ކައްދޫ ކައިރީ އޮތް ސަފާރީ އަކުން ފީނަން ފޭބިފަހުން ގެއްލިގެން ހޯދަމުން ދިޔަ ފަތުރުވެރިޔާ ކަނޑުއަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަމް އިބްރާހިމް އާޒިމް ރޭ ވިދާޅުވީ އޭނާ ކަނޑު އަޑީގައި މަރުވެފައި އޮއްވަ ފެނިފައިވަނީ އެމްއެންޑީއެފްގެ ޑައިވަރުންނާއި ސިކްސް ސެންސަސް ރިސޯޓްގެ ޑައިވަރުން އެމީހާ ހޯދުމަށް މަސައްކަތް ކުރަމުންދަނިކޮށެވެ.
އެއީ އުމުރުން 23 އަހަރުގެ ފިރިހެނެކެވެ. އެކަމަކު އެއީ ކޮން ގައުމެއްގެ ފަތުރުވެރިއެއް ކަމެއް ހާމައެއް ނުކުރެ އެވެ.
އާޒިމް ވިދާޅުވީ އޭނާ ގެއްލިގެން ރިޕޯޓު ކުރީ އިއްޔެ މެންދުރު 2:30 ހާއިރު ފީނަން ފޭބި ގޮތަށް ހަބަރެއް ނުވެގެން ނެވެ.
މިދިޔަ ބުރާސްފަތި ދުވަހު އދ. އަތޮޅުގައި އޮންނަ ފަޅުރަށެއްގެ ކައިރީގައި ހުއިފިލަނޑާ ނަގަން ޑައިވިނަށް ދިޔަގޮތަށް ގެއްލުނު އަހުމަދު ޖައިލަމް އަދިވެސް ނުފެނެ އެވެ. ކޯސްޓްގާޑުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް