ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓަށް ވައްދާފައި އެވެ. ނަޝީދާއި މި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާކޮށްފައިވާ ހުރިހާ ބޭފުޅުންގެ ޝަރީއަތް މާދަމާ 4:00 ކޯޓުގައި ބާއްވާގޮތަށް ހަމަޖެހިފައިވާއިރު ނަޝީދު ކޯޓަށް ހާޒިރުނުވެދާނެކަމަށް ބަލައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ނަޝީދު ވަނީ މިއަދު ހައްޔަރުކޮށްފައި އެވެ. އެކަމާ ގުޅީގެން ޖޭޕީއާއި އެމްޑީޕީން ވަނީ ހުއްޓާ ނުލާ މުޒާހަރާ ކުރާނެ ކަން އިއުލާންކޮށްފައި
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް