މުޒާހަރާތަކުގައި މޫނު ނިވާ ނުކުރުމަށާއި އަދި ކުޑަކުދިން ބައިވެރި ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

މުޒާހަރާތަކާއި އެއްވުންތަކުގައި ކުޑަކުދިން ބައިވެރިނުކުރުމަށާއި އެފަދަ އެއްވުންތަކުގައި ކާކުކަން ނޭންގޭގޮތަށް މޫނު ނިވާކޮށްގެން ނުތިބުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ. ފުލުހުން ބުނީ މިހާރު މާލޭގައ...

22 Feb 2015 | 13:39

މުޒާހަރާތަކާއި އެއްވުންތަކުގައި ކުޑަކުދިން ބައިވެރިނުކުރުމަށާއި އެފަދަ އެއްވުންތަކުގައި ކާކުކަން ނޭންގޭގޮތަށް މޫނު ނިވާކޮށްގެން ނުތިބުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން ބުނީ މިހާރު މާލޭގައި ކުރިއަށްދާ އެއްވުންތަކާއި މުޒާހިރާތައް، ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި އާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި ޚިލާފު ނުވާނެ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި މުޒާހިރާތައް ކުރިއަށް ގެންދިޔުމުގައި ޢަމަލުކުރަން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އެފަދަ ކަންކަން ކުރިއަށް ގެންދިޔުމަކީ ހުރިހާ ފަރާތަކަށްވެސް ރައްކާތެރިކަން ލިބިގެންދާނެ ގޮތްކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށްބުނީ އެއްވުންތަކާއި މުޒާހިރާތަކުގައި ބައިވެރިވާ ފަރާތްތަކުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި ވަންނަން މަސައްކަތްކުރާނަމަ އަދި ޤާނޫނާއި ޚިލާފަށް އެއްވުންތަކާއި މުޒާހިރާތަކުގައި އަމަލުތައް ބަހައްޓާނަމަ އެފަދަ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް