ސިވިލް ކޯޓުގެ ފަސް ޑިވިޝަނަށް ފަނޑިޔާރުން ކަނޑައަޅައިފި

ސިވިލް ކޯޓުގައި ގާއިމްކޮށްފައިވާ ޑިވިޝަންތަކަށް އެ ކޯޓުގެ ފަނޑިޔާރުން ކަނޑައަޅައިފި އެވެ. ސުޕްރީމް ކޯޓުގެ ސާކިއުލާއެއްގެ ދަށުން ސިވިލް ކޯޓުގައި މި މަހުގެ 15 އިން ފެށިގެން ވަނީ ފަސް ޑިވިޝަނެއް ގާއިމްކޮ...

22 Feb 2015 | 09:54

ސިވިލް ކޯޓުގައި ގާއިމްކޮށްފައިވާ ޑިވިޝަންތަކަށް އެ ކޯޓުގެ ފަނޑިޔާރުން ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުގެ ސާކިއުލާއެއްގެ ދަށުން ސިވިލް ކޯޓުގައި މި މަހުގެ 15 އިން ފެށިގެން ވަނީ ފަސް ޑިވިޝަނެއް ގާއިމްކޮށްފަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅައި އިއްޔެ ސިވިލް ކޯޓަށް ފޮނުވާ ސިޓީގައި ވާގޮތުން ސިވިލް ކޯޓަށް ހުށަހެޅޭ ހުރިހާ މައްސަލަތަކެއް އެންމެ ފުރަތަމަ ބަލަން ހަމަޖައްސާފައިވާ ޑިސްޕިއުޓް ރިޒޮލިއުޝަން ހަވާލުކޮށްފައި ވަނީ، ގާޒީ މަރިޔަމް ނިހާޔަތާއި ފަރުހާދު ރަޝީދު އަދި އަބްދުﷲ ޖަމީލު މޫސާއާ އެވެ. މުދަލާއި ފައިސާއާ ބެހޭ ކުދި މައްސަލަތަކާއި އަވަސް ނިޔާގެ މައްސަލަތަކާ ބެހޭ ޑިވިޝަނަށް ކަނޑައަޅާފައި ވަނީ، ގާޒީ ހުސައިން މަޒީދާއި އަބްދުއްނާސިރު ޝަފީގުގެ އިތުރުން މުހައްމަދު ހަލީމް އެވެ.

އަދި މުދަލާއި ފައިސާއާ ބެހޭ ބޮޑެތި މައްސަލަތައް ބެލުން ގާޒީ އަލީ ނަސީރާއި ހާތިފް ހިލްމީއާ ހަވާލުކޮށްފައި ވާއިރު، އިދާރީ މައްސަލަތަކަށް ހާއްސަކޮށްފައި ވަނީ ގާޒީ އަބްދުﷲ އަލީ އާއި އަލީ އަބްދުﷲ އެވެ. މީގެ އިތުރުން، ހުކުމް ތަންފީޒުކުރުމާ ބެހޭ ޑިވިޝަނަށް ހަމަޖައްސާފައި ވަނީ، ގާޒީ ހަސަން ފަހީމް އިބްރާހިމް އަދި ޒުބައިރު މުހައްމަދެވެ.

މައްސަލައިގެ ބާވަތަށް ބަލައިގެން ޝަރީއަތް ހިންގުމުގެ ބޭނުމުގައި ސިވިލް ކޯޓަށް ގެނައި ބަދަލުތަކާ އެއްގޮތަށް މަސައްކަތް ފަށައިގަތުމަށް ބޭނުންވާ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް، އެ ކޯޓުގެ ޝަރީއަތްތައް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް