ނާޒިމްގެ އެޕާޓްމަންޓް ފާސްކުރުމުގެ އަމުރުގެ އިސްތިއުނާފް ހައި ކޯޓުން ބަލައިގެންފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމަންޓް ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، އޭނާގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ހައި ކޯޓުން މިއަދު ބަލައިގެންފި އެވެ. ނާޒިމްގެ ގާނޫނ...

22 Feb 2015 | 08:35

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމަންޓް ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، އޭނާގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ހައި ކޯޓުން މިއަދު ބަލައިގެންފި އެވެ.

ނާޒިމްގެ ގާނޫނީ ޓީމުން އެކަން ޚަށަވަރުކޮށްދީ މިއަދު ވަނީ ޓުވީޓެއް ކޮށްފައި އެވެ. އެ ޓުވީޓުގައި ބުނެފައިވަނީ ނާޒިމްގެ ގެ ބަލާ ފާސްކރުުމަށް ނެރުނު އަމުރު އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ކޯޓުން ބަލައިގެންފައިވާ ކަމަށެވެ.

https://twitter.com/nazimlegalteam/status/569383563361005568

މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން، ނާޒިމްގެ އެޕާޓްމަންޓަށް ފުލުހުން ވަދެ ފާސްކުރީ، ނުރައްކާތެރި ހަތިޔާރު ގެންގުޅޭ ކަމުގެ ތުހުމަތުގަ އެވެ. އަދި ނާޒިމްގެ ކޮޓަރިން ވަނީ ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އެކަން ދޮގުކޮށް އެ އެތަކެތީގެ ފޮރެންސިލް ތަހުގީގެއް ކުރުމަށް ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ދަނީ ތަކުރާރުކޮށް އެދެމުންނެވެ.

ދައުލަތާ ދެކޮޅު ހަރަކާތެއް ހިންގަން އުޅޭ ކަމުގެ ތުހުމަތުގައި ނާޒިމް ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރާއި 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް، ނާޒިމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެހެން ނަމަވެސް، އެ ދެ އަމުރަށް ވެސް ހައި ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތާއީދުކޮށްފަ އެވެ.

ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި މި ހަފްތާގައި އިސްތިއުނާފު ކުރާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް