ޖައިލަމް މަރާލި މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރު ނުކުރަން: ޕޮލިސް

ރޭގެ ވަގުތެއްގައި ދަރުބާރުގޭ ކުރިމަތީ އޮންނަ ގޯޅިގަނޑުތެރޭގައި ވަޅިން ހަމަލާދީ މަރާލާފައިވާ ޖައިލަމް އަހުމަދު ޝާކިރުގެ މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން ބުނެފި އެވ...

22 Feb 2015 | 06:41

ރޭގެ ވަގުތެއްގައި ދަރުބާރުގޭ ކުރިމަތީ އޮންނަ ގޯޅިގަނޑުތެރޭގައި ވަޅިން ހަމަލާދީ މަރާލާފައިވާ ޖައިލަމް އަހުމަދު ޝާކިރުގެ މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެހެންނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޖައިލަމް އަށް ވަޅިން ހަމަލާދިނީ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު ކަމަށް ވެއެވެ. ޖައިލަމް އަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ އެ ޒުވާނާގެ ހަށިގަނޑުގެ އެތަން މިތަނަށް އެކިވަރުގެ އަނިޔާތަށް ލިބިފައިވާ އިރު އެންމެ ބޮޑު ޒަޚަމަކަށް ލިބިފައި ވަނީ އޭނާގެ ކަނާތް ފަރާތުން ކަރަށް ވަރަށް ފުންކޮށް ތޫނު އެއްޗެއް ހަރާފައިވުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް