ކުރިއަށް އޮތް ރޯދަމަހަށް ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ޝެޑިއުލް ކުރިއަށްގެންދާނެގޮތް އިންޑޮނޭޝިޔާއިން ހާމަކޮށްފިއެވެ.
އިންޑޮނޭޝިޔާގެ ޕްރައިމަރީ އަދި ސެކަންޑަރީ އެޑިއުކޭޝަން މިނިސްޓަރު އަބްދުލް މޫތީ މިއަދު ބުނެފައިވަނީ ސްކޫލުގެ ކިޔެވުން އެކުގައި ބަންދު ނުވާނެ ކަމަށާއި ނަމަވެސް ރޯރަ މަހުގެ ފުރަތަމަ ހަފްތާގައި ދަރިވަރުން ކިޔަވާނީ ގޭގައި ތިބެގެން ކަމަށެވެ.
އޭނާ ބުނެފައިވަނީ ގޭގައި ކިޔަވާނީވެސް އޮންލައިން ކްލާސްތަކާއި ޒޫމް ކްލާސްތަކުގައި ނޫން ކަމަށާއި ދުރާލާ އެ ހަފްތާއަށް ދަރިވަރުންނަށް އެސައިންމެންޓް ހަވާލުކުރުމަށް ޓީޗަރުން ތައްޔާރުވާންވާނެ ކަމަށެވެ.
އިންޑޮނޭޝިޔާއިން އިތުރަށް ނިންމާފައިވަނީ ރޯދަ މަސް ފެށޭ ދުވަހާއި ރޯދަ މަސް ނިމޭ ދުވަހު ދަރިވަރުންނަށް ސްކޫލު ބަންދުވާނެ ކަމަށެވެ. ކިޔެވުން ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް