މިއީ ތާރީހީ ދުވަހެއް: ބީއެމްއެލް އިސްލާމިކްގެ ފަޚުރުވެރި 10 ވަނަ އަހަރީ ދުވަސް

މިއަދަކީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ހިދުމަތްތައް ދެމުން އަންނަތާ 10 އަހަރު ފުރުނު ދުވަހެވެ. ބީއެމްއެލް އިސްލާމިކް ގާއިމުކުރެވުނީއްސުރެ އިސްލާމިކް ބޭންކިންގ ޚިދުމަތް ދެމުން އަންނަނީ ...

22 Jan 2025 | 17:14

މިއަދަކީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ހިދުމަތްތައް ދެމުން އަންނަތާ 10 އަހަރު ފުރުނު ދުވަހެވެ. ބީއެމްއެލް އިސްލާމިކް ގާއިމުކުރެވުނީއްސުރެ އިސްލާމިކް ބޭންކިންގ ޚިދުމަތް ދެމުން އަންނަނީ ޝާރީޢާއާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި، ބީއެމްއެލް އިސްލާމިކްގެ ފަންޑު މުޅީން ވަކިކޮށް، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަޤްވާމީގޮތުން ބޭނުންކުރާ އެންމެ ރަނގަޅު މިންގަނޑުތަކާ އެއްގޮތަށެވެ.

ބޭންކުގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން، އޭދަފުށި، މަހިބަދޫ އަދި ގަން ބްރާންޗްތައް މިހާރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ބްރާންޗް ތަކަކަށް ރީބްރޭންޑްކޮށް، އެ ބްރާންޗްތަކުން ޚިދުމަތް ދެމުން ދާނީ އިސްލާމިކް ބޭންކިންގެ ހިދުމަތްތަކަށް އިސްކަންދެވިގެނެވެ.

"ބީއެމްއެލް އިސްލާމިކް އަށް 10 އަހަރު ފުރިގެން ދިޔުމަކީ ބޭންކް އޮފް މޯލްޑިވްސްއަށް ލިބޭ ފަޚުރެއް. ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، މި ބޭންކުން އެކައުންޓް، ކާޑު އަދި ފައިނޭންސިން ޚިދުމަތްތައް ހިމެނޭހެން ހުރިހާ ޚިދުމަތެއް ފޯރުކޮށްދެން. މި ބޭންކަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިންގ، ކޭޝް ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން، އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފްކުރި ބޭންކް. އަދި ހަމައެހެންމެ މި ބޭންކަކީ ރާއްޖޭގައި ހަމައެކަނި ޝަރީޢާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑުގެ ޚިދުމަތްދޭ ބޭންކުވެސްމެ." މި މުނާސަބަތާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.  "ބްރާންޗްތަކަށް މި ގެނެވުނު ބަދަލުން ދައްކުވައިދެނީ ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ބޭންކުން ދޭ އަހައްމިއްޔަތުކަން."

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 150 އޭޓީއެމް އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް