ފާލު ބެލުމުގައި ހަރަކާތްތެރިވި ތިން ބިދޭސީއަކު އަތުލައިގެންފި

ފާލު ބެލުމުގައި ހަރަކާތްތެރިވި ތިން ބިދޭސީއަކު އަތުލައިގެންފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. އަތުލައިގެންފައިވަނީ އުމުރުން 18 އަހަރުގެ ދަނަންޖޭ ބައިލަޕަތީ، އުމުރުން 39 އަހަރުގެ ނާގަރާޖަ ބައިލަޕަ...

22 Jan 2025 | 13:21

ފާލު ބެލުމުގައި ހަރަކާތްތެރިވި ތިން ބިދޭސީއަކު އަތުލައިގެންފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އަތުލައިގެންފައިވަނީ އުމުރުން 18 އަހަރުގެ ދަނަންޖޭ ބައިލަޕަތީ، އުމުރުން 39 އަހަރުގެ ނާގަރާޖަ ބައިލަޕަތީ އަދި އުމުރުން 25 އަހަރުގެ ސްރީހަރީ ވަނަމް ނަމަކަށް ކިޔާ މީހެކެވެ.

މި ތިން ފިރިހެނުންވެސް ނިސްބަތްވަނީ އިންޑިއާއަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ ފުލުހުންނާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި މި ތިން މީހުން އަތުލައިގެންފައިވާއިރު މިހާރު ތިބީ ޑިޓެންޝަނުގައި ކަމަށާއި ޑީޕޯޓުކޮށްލުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް