އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ސުކޫލެއްގެ އޭސީ ކޮށް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ހުރިހާ ސުކޫލެއް އޭސީ ކުރުމުގެ މަޝްރޫއުގައި ރައީސް ވިދާޅުވީ ހުރިހާ ސަރުކާރު ސުކޫލެއްގައި އޭސީކޮށް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ރ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހުޅުދުއްފާރު ރައްޔިތުނާ ބައްދަލު ކުރައްވާ ވިދާޅުވީ ހޫނު ގަދަ ރަށްތަކުގައި ސުކޫލުތައް ހުންނަން ވާނީ ފިނިކޮށް ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ސުކޫލުތައް އޭސީ ކުރުމަށް އެޑިއުކޭޝަނުން ފަށާފައިވާ "ކޫލް ސުކޫލު" ޕްރޮޖެކްޓް އިއާދަކުރަނިވި ހަކަތައިގައި ހިންގުން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އެށޑިއުކޭޝަން މިނިސްޓްރަރ ޑރ އިސްމާއިލް ޝަފީއު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދާނީ ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން ސޯލާ ޕެނަލް ހަރުކިރެވޭނެ ސުކޫލުތައް ފާހަގަކޮށް ކުޑަ ހަރަދެއްަގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް