މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް އައިމިނަތު ސަރާހަތު އިއްޒަތު އަދި މުހައްމަދު އަބްދުﷲ (މުހައްމާ) އައްޔަންކޮށްފިއެވެ.
މި ދެ މެންބަރުން އައްޔަންކުރުމުން އެ ކޮމިޝަނުން ވަނީ ދެ މެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ.
މުހައްމާއާއި ސަރާހަތު އެ މަގާމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުންދީ ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެކަމަށް ނެގި ވޯޓުގައި ސަރާހަތު އައްޔަންކުރަން ފާސްވެގެންދިޔައީ 68 މެންބަރުންގެ އިއްތިފާގުންނެވެ. މުހައްމާ އައްޔަންކުރަން ފާސްވެގެންދިޔައީ 58 ވޯޓުންނެވެ. ނުފެންނަކަމަށް ދެ މެމްބަރަކު ވޯޓު ދެއްވިއެވެ.
ވޯޓަށް އެހީ ތިން ނަމަކަށެވެ. އެއީ ފުރަތަމަ ސަރާހަތުގެ ނަންފުޅާއި ދެވަނައަށް ނޫސްވެރިޔާ އަދި ޕްރެޒެންޓަރ ޝިފްޒާގެ ނަންފުޅާއި އަދި ތިންވަނައަށް މުހައްމާގެ ނަންފުޅެވެ.
ސަރާހަތަށް 68 މެމްބަރުންގެ އަގުލަބިއްޔަތުން ވޯޓު ލިބުނު ނަމަވެސް ޝިފްޒާގެ ނަންފުޅަށް ވޯޓަށް އެހުމުން ޝިފްޒާ އައްޔަންކުރަން ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވީ އެންމެ 11 މެންބަރުންނެވެ. ނުފެންނަކަމަށް 50 މެމްބަރުން ވޯޓު ދެއްވިއެވެ.
މުހައްމާ އައްޔަންކުރަން ވޯޓަށް އެހުމުން 58 މެންބަރަކު ފެންނަކަމަށް ވޯޓު ދެއްވިއެވެ. ނުފެންނަކަމަށް ދެ މެންބަރަކު ވޯޓު ދެއްވިއެވެ.
ދެ މެމްބަރަކު އައްޔަންކުރަން ފާސްވުމުން އިތުރު ނަމަކަށް ވޯޓަށް އަހާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް