މާލޭ ފަޅަށް އަޑިއަށްދިޔަ ލޯންޗެއް ފެންމަތިކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މާލޭގެ ދެކުނު ފަރާތު ފަޅުތެރޭ، ވިލާ ގޭސް އާ ދިމާލު އެއްގަމު ތޮށީގައި އަޅާފައި ވަނިކޮށް ދިޔަވެ އަޑިއަށްދިޔަ ލޯންޗެއް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންގެ އެހީތެރިކަމާ އެކު ފެންމަތިކޮށްފައިވާކަމަށެވެ.
ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ 19:47 ހާއިރު ކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން އެ ސަރަހައްދަށް ގޮސް ލޯންޗު ފެންމަތިކުރުމުގެ މަސައްކަތް ކުރިކަމަށާއި އަދި ސިފައިން ކުރި މަސައްކަތުން އެ ލޯންޗް ފެންމަތިކުރެވިފައިވަނީ ރޭގެ 22:00 ހާއިރުކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް