ބޮމެއް އޮތް ކަމަށް ބުނެ ބިރުދެއްކި މީހަކު ހައްޔަރުކޮށްފި

ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި މީހަކު ހަނިމާދޫ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ ހަނިމާދޫ އެއާޕޯޓަށް ފުރަން ގޮސް ހުރެ، ބޮމެއް އޮތް ކަމަށް ބުނެ ބިރުދެއްކުމުނ...

22 Jan 2024 | 09:52

ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި މީހަކު ހަނިމާދޫ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ ހަނިމާދޫ އެއާޕޯޓަށް ފުރަން ގޮސް ހުރެ، ބޮމެއް އޮތް ކަމަށް ބުނެ ބިރުދެއްކުމުން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް