މާލޭގައި އުޅޭ ބުޅާތައް ފަރުކޮޅުފުއްޓަށް ބަދަލުކުރަން ނިންމައިފިއެވެ.
17 ޖަނަވަރީ ގައި ބޭއްވުނު ސޯޝަލް ކައުންސިލްގެ ބައްދަލުވުމުގައި ނިންމުނު ކަންތައް ހިއްސާކުރައްވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތަކުގެ މައްސަލަ އަކީ މާލޭގެ ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އެ މައްސަލައަށް ހައްލު ގެނައުމަށްޓަކާ ޕެޓް ކެއާ ފެސިލިޓީއެއް ގާއިމްކުރުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އިން ހުށަހަޅާ، ނިންމުންތަކެއް ނިންމާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
އެގޮތުން، އެންމެ ރަނގަޅު ގޮތަކީ ބުޅާތައް ފަރުކޮޅުފުއްޓަށް ބަދަލުކުރުން ކަމަށާއި، އެކަން ކުރުމަށްޓަކާ ފަރުކޮޅުފުށިން ބިމެއް ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށް ނާޒިމް މައުލޫމާތުދެއްވިއެވެ.
ނާޒިމް ވިދާޅުވީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި މާލެ ސިޓީ ކައުންސިލާއި ގުޅިގެން ވެވޭ އެއްބަސްވުމެއްގެ ދަށުން ކެޓް ސެންޓަރެއް ގާއިމްކޮށް، މާލޭގެ ބުޅާތައް އެތަނަށް ބަދަލުކޮށް ކެޓް ޝެލްޓަރުގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް