ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި ބައެއް މެމްބަރުންގެ ކެންޑިޑެސީ ބަލައި ނުގަންނަން ޕީއެންސީ އިން ނިންމައިފިއެވެ.
އެ މެމްބަރުންނަށް ޕްރައިމަރީގައި ބައިވެރިނުވެވޭނެކަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންގަން ފަށާފައިވަނީ އިއްޔެއެވެ. މި މަހުގެ 27 ވަނަ ދުވަހު އެ ކޯލިޝަންގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި އޮއްވާ، ޕާޓީގެ ޓިކެޓު ހަވާލުނުކުރާނެ ކަމަށް ބުނެ ބައެއް މެމްބަރުންނަށް ފޮނުވާފައިވާ ސިޓީގައި ސޮއިކުރައްވާފައިވަނީ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމެވެ.
އެކަން އަންގާ، ބައެއް ކެނޑިޑޭޓުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ކެނޑިޑެސީ ބަލައި ނުގަންނަން ނިންމީ ޕާޓީ ބައިބައިކޮށް ފިތުނަ އުފެދޭ ގޮތަށް މަސައްކަތް ކޮށްފައިވާތީ ކަމަށެވެ. ބައެއް އެހެން ކެނޑިޑޭޓުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދީފައި ނުވާ ކަމަށެވެ.
ކެނޑިޑެސީ ބަލައި ނުގަންނަން ނިންމާފައިވަނީ ޖުމްލަ ކިތައް ކެނޑިޑޭޓުންގެ ކަމެއް އަދި ސާފެއް ނޫނެވެ.
ޕްރައިމަރީއަށް ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވާ ބައެއް މެމްބަރުންގެ ކެނޑިޑެސީ ބަލައި ނުގަތުމަށް ނިންމުމުން، އެ މެމްބަރުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް