ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި

ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ 15 ޖަނަވަރީ 2024 ގައި ބޭއްވުނު އިކޮނޮމިކް ކައު...

22 Jan 2024 | 04:02

ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ 15 ޖަނަވަރީ 2024 ގައި ބޭއްވުނު އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި، ފަތުރުވެރިކަމުގައި ކަނބަލުންގެ ދައުރު ފުޅާކުރުމަށްޓަކާ ހާއްސަ ޕްރޮގްރާމެއް ފަށަން ނިންމާ އެ ޕްރޮގްރާމް ކުރިއަށް ދަމުން އަންނަ ކަމަށެވެ.

"ފަހި ފަތުރުވެރިކަމަށް އަންހެނުން" މި ޝިއާރުގެ ދަށުން ހިންގާ ޕްރޮގްރާމަކީ ޓޫރިޒަމް މިނިސްޓްރީން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގަނީ އެ މިނިސްޓްރީއާއި ހަޔަރ އެޑިއުކޭޝަނާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ގުޅިގެންނެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރާ ބައިވެރިންގެ ތެރެއިން މަދުވެގެން ވަކި އިންސައްތައެއްގެ ބައިވެރިންނަށް ފަތުރުވެރިކަމުގެ ސިނާއަތުން ވަޒީފާ ކަށަވަރުވެގެން ދާނެކަން ޔަގީންކުރަން ޖެހޭ ގޮތަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން ވަޒީފާ ލިބޭނެ ފަރާތްތަކުގެ ވަކި ކްރައިޓީރިއާތަކެއް ކަނޑައެޅި، ޓޫރިޒަމް މިނިސްޓްރީ އިން އެކަން ތަންފީޒްކުރުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް