ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެކު އެ ޕާޓީގެ އިސް ވަފުދެއް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގަތުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް ކޯވިޑްގެ އާލަސްކަންފުޅު ޖެހިވަޑައި ގަތުމުން މި ދަތުރުފުޅުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.
މިއަދުގެ ދަތުރުފުޅުގައި ކޮމަންޑޫ ދާއިރާގެ ފޯކައިދޫ އަށް ނަޝީދާއި އެމްޑީޕީގެ އިސްބޭފުޅުން ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވާފައި ވެއެވެ.
ރާޝިދުގެ ކެމްޕޭނަށް ޒިޔާރަތް ކުރި ވަފުދަށް މަރުހަބާ ދެންނެވުމަށް ފޯކައިދޫގެ ގިނަ ބަޔަކު ފުއްޕާހަމާއި،މަލާއި،ދިދަ ޖަހައިގެން އެ ރަށުގެ ބަނދަރު ސަރަހައްދަށް ޖަމާވެފައި ވެއެވެ.
މި ދަތުރުފުޅުގައި ރައީސް ނަޝީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާއި އެމްޑީޕީގެ އިސްބޭފުޅުންގެ ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ދާއިރާގެ ބައި-އިލެކްޝަނުގެ ވަގުތު ކުޑަތަންވަމުން އަންނަ ވަރަކަށް ދަނީ ކެމްޕޭނުގެ ފޯރި ގަދަވަމުންނެވެ. ކޮމަންޑޫ ދާއިރާ އަށް ޕީޕީއެމް އާއި، އެމްއެންޕީ އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުންވެސް ކެންޑިޑޭޓަކު ވާދަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް