މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ މުސްލިމް ޤައުމެއް ކަމުގައިވާ އިންޑޮނޭޝިޔާގައި ކްރިޕްޓޯ ކަރަންސީ އިސްލާމްދީނުގެ ހަމަތަކާއި ހިލާފު ކަމަށް ބުނެ ފަތުވާއެއް ނެރެފިއެވެ.
މި ފަތުވާ ނެރެފައި ވަނީ އިންޑޮނޭޝިޔާގެ އިސްލާމީ ޖަމިއްޔާއެއް ކަމަށްވާ ސެންޓްރަލް އެގްޒެކެޓިވް ތާޖްޑީދް މުހައްމަދިއްޔާ އާއި ތަރްޖީހް ކައުންސިލުންނެވެ.
އެގޮތުން މި ފަތުވާގައި ކްރިޕްޓޯކަރަންސީގެ ޤާނޫނީ އަދި ނުރައްކާތެރިކަން ބަޔާންކޮށްދީފައި ވެއެވެ.
ސީއެންބީސީ އިންޑޮނޭޝިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްލާމީ ޖަމްއިއްޔާއިން މި ފަތުވާ ނެރުނު މައިގަނޑު އެއް ސަބަބަކީ ކްރިޕްޓޯކަރަންސީގެ އަގަށް ބަދަލު އަންނަލެއް އަވަސްވުމެވެ. (ވޮލެޓަލިޓީ ހައި) ވުމެވެ.
އެގޮތުން އެ ފަތުވާގައި ވަނީ ބިޓްކޮއިން ފަދަ ޑިޖިޓަލް އެސެޓްތައް އެކްސްޗޭންޖް މީޑިއަމްއެއްގެ ގޮތުގައި ބަލަން ޖެހޭ ޝަރުތުތައް ފުރިހަމަ ނުވަނީ ކީއްވެގެންކަން ބަޔާންކޮށްފަ އެވެ.
އެ ޖަމްޢިއްޔާގެ ފަތުވާގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކްރިޕްޓޯ ކަރަންސީ ބޭނުންކުރާ މީހުން ހިމާޔަތް ކުރެވޭނެ ގޮތެއް ނެތުމާއި، ކްރިޕްޓޯ ކަަރަންސީ އިންތިޒާމްކޮށް ބަލަހައްޓާނެ އިދާރާއެއް ނެތުން ފާހަގަކޮށްފައިވެއެވެ.
އިންޑޮނޭޝިޔާގައި ކްރިޕްޓޯ ކަރަންސީ ބޭނުންކުރުން ހުއްދަ ނޫންކަމަށް ފަތުވާ ނެރެފަައިވާއިރު ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭ އިން ކްރިޕްޓޯ ކަރަންސީ ބޭނުންކުރުން ރަސްމީ ސިފައެއްގައި ހުއްދައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް