ހދ. ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން މިއަދު ހަތަރު ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން، ބ. ގޮއިދޫ، ޅ. ކުރެންދޫ އަދި ލ. ދަނބިދޫ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ މައުލޫމާތު ތަކުގައި ބުނެފައިވާ ގޮތުގައި އެ ސިޓީގައި މިވަގުތު ކޯވިޑް ޖެހިފަ ތިބި 180 މީހުން އެބަތިއްބެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން އިއްޔެ 22 މީހަކު ރަނގަޅުވެފައިވެ އެވެ.
ކުޅުދުއްފުށި މޮނިޓަރިންއަށް ލީ ވައިރަސް ކޮންޓްރޯލް ކުރުމަށެވެ. ކޯވިޑް ކޭސްތައް އިތުރުވަމުންދާއިރު މިހާރުވެސް ޓެސްޓް ނުކުރެވި ގިނަ އަދަދެއްގެ ސާމްޕަލް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެބަހުރި ކަމަށްވެ އެވެ.
އެހެންވެ އެ ހޮސްޕިޓަލަށް ސާމްޕަލް ދީފައިވާ ގިނަ ބައެއްގެ ކޯވިޑް ނަތީޖާ އަދިވެސް ނުލިބޭ ކަމަށް ވެ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިވަގުތު މޮނިޓަރިންގެ ހާލަތުގައި 20 ރަށެއް އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް