ރާއްޖޭގެ އެންމެ ޒުވާން، އަދި އެންމެ ކާމިޔާބު ވިޔަފާރި ވެރިންގެ ތެރޭގައި ހިމެނޭ ސަން ޝިޔާމް ހުދު އަހެއްގައި ހުދު ހެދުމެއްގައި ހުކުރު ނަމާދަށް ދިއުމަށް ޓަކައި ދެކެމުން އައި ހުވަފެން އިއްޔެ ފުރިހަމަ ކޮށްފިއެވެ.
ޖަނަވާރާއި ދޫނި ގެންގުޅުމަކީ ޝިޔާމްގެ ހާއްސަ ޝައުގެއް ކަމުގައިވާއިރު އޭނާގެ ފަސް ރިސޯޓުގައި ވެސް ޝިޔާމް ދިރިއުޅުއްވާ ސަރަހައްދުގައި ދޫނިސުފާސޫތްފާއި ރިސޯޓު ކައިރީގައި އޮންނަ ރަށްތަކުގައި ބަކަރި ގެންގުޅެއެވެ.
އަދި ވަަރަށް ފަހުން ޝިޔާމް ވަނީ ރިސޯޓުގައި ހަތަރު އަސްގެންގުޅެން ފަށާފައެވެ.
މި އަސްތަކަށް އޭނާގެ ރިސޯޓްގައި ހާއްސަ ސަރަހައްދެއް ކަނޑައަޅާފައި ވެއެވެ.
ޝިޔާމް ރާއްޖޭގެ އޮންލައިން މީޑިއާ އަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އަހަކީ އޭނާ އަބަދުވެސް ޝައުގުވެރިވާ ލޯބި ކުރާ ޖަނަވާރެއް ކަމުގައެވެ.
މިގޮތުން އަހެއްގެ މައްޗައް ސަވާރުވެގެން ހުދު ހެދުމެއްގައި ހުކުރު ނަމާދަށް ދިޔުމަކީ އަބަދުވެސް އޭނާ ދެކެމުން އައި ހުވަފެނެއް ކަމުގައެވެ. އަދި އޭނާގެ އެ ހުވަފެން އިއްޔެ ފުރިހަމަވެފައިވާ ކަމުގައި ވިދާޅުވިއެވެ.
އަހަކީ ޖަނަވާރުންގެ ތެރެއިންވެސް ވަރަށް ތަފާތު ގިނަ ހުނަރުުތަކެއް ލިބިގެންވާ ޖަނަވާރެއް ކަމުގައި ޝިޔާމް ފާހަގަކުރެއް ވިއެވެ. އަދި މިވަގުތު އޭނާގެ ރިސޯޓުގައި ހަތަރު އަސް ގެންގުޅޭކަން ފާހަގަ ކުރައްވާ ވިދާޅުވީ މި އަސްތައް ފަތުރުވެރިންނަށް ބޭނުން ކުރެވޭނެހެން ފުރުސަތު ހުޅުވާލުމަކީ އަމާޒެއް ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް