ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޯވިޑް-19 އަށް ޕޮސިޓިވްވުމުން އިދިކޮޅު އުފާފާޅު ކުރަން ފަށައިފި އެވެ.
ރައީސް ސޯލިހަށް ކޯވިޑް ޖެހުނީ ރޭގެ ވަގުތެއްގައި އެވެ. އެމަނިކުފާނު ވިދާޅުވީ ކޯވިޑް ޖެހުނުކަން އެނގިވަޑައިގެންނެވީ މިއަދު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންނެވުމަށް ޕީސީއާރު ޓެސްޓު ހެދުމުންނެވެ.
ރައީސްގެ މި ދަތުރުފުޅަކީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ކޮމަންޑޫއަށް ކުރައްވަން ހަމަޖެއްސި ދަތުރުފުޅެކެވެ.
ރައީސް ޕޮސިޓިވްުވި ކަން ހާމަ ކުރައްވާ ކުރެއްވި ޓުވީޓަށް ޖަވާބުދެއްވަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒު ވިދާޅުވެފައިވަނީ އަލްހަމްދުލިﷲ އެވެ. އަދި އަންހެނަކު ނަށާ އިމޯޖީއެއް އެ ޓުވީޓުގައި ހިމަނާފައިވެ އެވެ.
މީގެއިތުރުން ރައީސް ސޯލިހަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓަށް ޖަވާބު ދެމުން ޒާހިދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ހިތުގައިވެސް އޮތީ އޭނާގެ ހިތުގައި އޮތް ގޮތަށް ކަމަށެވެ. އޭގެ ފަހުން ޒާހިދު ވިދާޅުވެފައިވަނީ "އިންނާލިއްލާހި ވައިންނާ އިލައި ރާޖިއޫން" އެވެ.
https://twitter.com/xahidcreator/status/1484790491413909505
ޒާހިދަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރުގަދަ ސަޕޯޓަރެކެވެ. އަދި ޕީޕީއެމް ކައުންސިލް މެމްބަރެއްގެ އިތުރުން ސޯޝަލް މީޑިއާގައި ސަރުކާރާއި އެމްޑީޕީއަށް އެންމެ ގިނައިން ފާޑުކިޔުމުގައި މަސައްކަތް ކުރާ އިދިކޮޅު އެއް އެކްޓިވިސްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް