ޓައިގާގެ ކޮއްކޮގެ އުފަންދުވަހަށް ދިނީ ރާއްޖެ ދަތުރެއް – ޝަރުތުކުރީ އެކަނި ދިއުމަށް!

ބޮލީވުޑްގެ މަޝްހޫރު ތަރި ޓައިގާ ޝްރޮފް އޭނާގެ އަންހެން ކޮއްކޮ ކްރިޝްނާ ޝްރޮފްގެ 29 ވަނަ އުފަންދުވަހަށް ރާއްޖެ ދަތުރެއް ދީފިއެވެ. ކްރިޝްނާ ޝްރޮފް އަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފް އާއި އައި...

22 Jan 2022 | 09:06

ބޮލީވުޑްގެ މަޝްހޫރު ތަރި ޓައިގާ ޝްރޮފް އޭނާގެ އަންހެން ކޮއްކޮ ކްރިޝްނާ ޝްރޮފްގެ 29 ވަނަ އުފަންދުވަހަށް ރާއްޖެ ދަތުރެއް ދީފިއެވެ.

ކްރިޝްނާ ޝްރޮފް އަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފް އާއި އައިޝާ ޝްރޮފްގެ ހަގު ދަރިފުޅެވެ.

އުފަންދުވަހުގެ ހަދިޔާ އަކަށް ރާއްޖެ ދަތުރެއް ދީފައިވާއިރު ޓައިގާ ޝަރުތުކޮށްފައި ވަނީ އެކަނި ދިއުމަށެވެ. އުފަންދުވަހުގެ މުނާސަބަތުގައި ލިބުނު ރާއްޖެ ދަތުރުގެ އިތުރުން ކްރިޝްނާ އަށް ލިބިފައިވާ އެހެނިހެން ހަދިޔާތައް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކޮށްފައި ވެއެވެ.

އެގޮތުން ކްރިޝްނާގެ މަންމަ އައިޝާ ޝްރޮފްގެ ފަރާތުން ލިބިފައި ވަނީ ޑައިމަންޑު ބްރޭސްލެޓެކެވެ. އަދި ކްރިޝްނާގެ ބައްޕަ ޖެކީ ޝްރޮފްވެސް ވަނީ އިންސްޓަގްރާމްގައި ކްރިޝްނާގެ ފޮޓޯ ހިއްސާކޮށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ.

މީގެ އިތުރުން، ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ޓައިގާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީ ވެސް ވަނީ އިންސްޓަގްރާމްގައި ކްރިޝްނާގެ އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ. އަދި މާބޮނޑިއެއް ދީފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް