އިންޑިއާ ސަރުކާރުގެ އެހީގައި ދިވެހިންނަށް ސްކޯލާޝިޕްގެ 34 ފުރުސަތު ހުޅުވާލައިފި

އިންޑިއާ ސަރުކާރުގެ ފަރާތުން އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރް) މެދުވެރިކޮށް 2022 -2023 ގެ ދިރާސީ އަހަަރަށް 34 ދިވެހިންނަށް ސްކޯލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކ...

22 Jan 2022 | 07:59

އިންޑިއާ ސަރުކާރުގެ ފަރާތުން އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރް) މެދުވެރިކޮށް 2022 -2023 ގެ ދިރާސީ އަހަަރަށް 34 ދިވެހިންނަށް ސްކޯލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ސްކޯލަޝިޕް ލިބޭ ފަރާތްތަކަށް އިންޑިއާގެ ބޮޑެތި ސިޓީތަކުގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުން އަންޑަރ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރަށް އަރޓަސް، ސައިންސް، އިންޖިނިއަރިންގ، ބިޒްނަސް، ޓުއަރިޒަމް، އަދި އެހެނިހެން ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މީގެ އިތުރުން އިންޑިއާގެ ސަޤާފަތުގެ ދާއިރާއިން ޢިލްމު އުގެނުމަށް ބައިނަލައަޤްވާމީ ގޮތުން 100 ސްކޮލަރޝިޕް ސްލޮޓްވެސް ވަނީ ހުޅުވާލާފައެވެ. މި ސްކޮލާޝިޕްތަކުގެ ތެރޭގައި އިންޑިއާގެ ސަޤާފަތުގެ ތެރެއިން މިއުޒިކް، ޑާންސް، ތިއޭޓަރ، ޕަރފޯމިންގް އަރޓްސް، ސްކަލްޕްޗަރ، އިންޑިއާގެ ބަސްތަކާއި އިންޑިއާގެ ސުފުރާތައް ހިމެނެ އެވެ.

https://twitter.com/HCIMaldives/status/1483442375473209347

މި ސްކޮލާޝިޕް ފުރުސަތުތައް ހުޅުވާލެވިފައި ވަނީ އުމުރުން 18 އަހަރާއި 30 އަހަރުގެ ދަރިވަރުންނަށެވެ.

އަދި ޕީއެޗްޑީގެ ފުރުސަތައް ކުރިމަތިލުމަށް އެންމެ ދޮށީ އުމުރަކީ 45 އަހަރެވެ.

މިފުރުސަތުތަކަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް އައި.ސީ.ސީ.އާރްގެ އޭ2އޭ ޕޯޓަލް މެދުވެރިކޮށެވެ. ފޯމް ހުށަހެޅޭނީ 25 ޖެނުއަރީން 30 އޭޕްރިލް 2022 ގެ ނިޔަލަށެވެ.

އައި.ސީ.ސީ.އާރް އިން ހާމަކުރާގޮތުގައި މި ކޯސްތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އިންޑިއަން ކަލްޗަރަލް ސެންޓަރުން ލިބެން ހުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް