ރާއްޖޭގައި ދިރިއުޅޭ ކޮންމެ 100 މީހުންގެ ތެރެއިން ދެ މީހެއްގެ ނޭފަތުގައި ކޯވިޑް-19 އުޅޭ ކަމަށް ޓެސްޓުތަކުން ދައްކައިފި އެވެ.
މި މައުލޫމާތު އާންމު ކުރެއްވީ އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލެވެ.
އިއްޔެގެ ކޯވިޑްގެ ތަފާސް ހިސާބު ހިމަނައި ކުރެއްވި ޓުވީޓެއްގައި ޑރ. ފައިސަލް ވިދާޅުވީ ޓެސްޓު ކުރާ ސާމްޕަލްތަކުގެ އަދަދަށް ބަލާއިރު ކޮންމެ 100 ނޭފަތަކުން ދެ ނޭފަތުގައި ކޮރޯނާ ވައިރަސް އުޅޭ ކަމަށެވެ. އެއީ އިއްޔެ އާންމު ކުރި ތަފާސް ހިސާބުތުން ނުކުތް ނަތީޖާއަށް ވާއިރު އޭގެ ކުރީ ދުވަހު ރާއްޖެއިން 2،000 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
އިއްޔެ މުޅި ރާއްޖެއިން 7،263 މީހުން ކޯވިޑަށް ޓެސްޓު ކޮށްފައިވާއިރު 1،697 މީހުން ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ކުރީ ދުވަހު 6،598 ސާމްޕަލް ޓެސްޓު ކުރި އިރު 2،199 މީހުން ޕޮސިޓިވްވެފައިވެ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު އިއްޔެ ވަނީ 112،628 އަށް އަރާފަ އެވެ. އޭގެ ތެރެއިން 11،535 މީހުންނަށް ފަރުވާ ދެމުން ދާއިރު 269 މީހުން ވަނީ ބަލީގައި މަރުވެފައި އެވެ.
ކޯވިޑުން ރަނގަޅުވެފައިވަނީ 100،811 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް