ކޮމަންޑޫ ދާއިރާ އެމްޑީޕީއަށް ނުދިނުމަށް ޝައިޚް ޒައިދު ގޮވާލައްވައިފި

ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ނުދިނުމަށް ޝައިޚް އަލީ ޒައިދު ގޮވާލައްވައިފިއެވެ. ޝައިޚް މިކަމަށް ގޮވައިލެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓް...

22 Jan 2022 | 07:38

ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ނުދިނުމަށް ޝައިޚް އަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޝައިޚް މިކަމަށް ގޮވައިލެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޝައިޚް ވިދާޅުވެފައިވަނީ މޫނު ބުރުގާ މައްސަލަފަދަ ދީނާ ގުޅުންހުރި އެކިއެކި މައްސަލަތަކުގައި އެޑިއުކޭޝަނުން ގެންގުޅޭ ދެކޮޅު ނުޖެހޭ ތަފާތުކުރުންތައް ހައްދުފަހަނައަޅާގޮސްފައިވާކަމަށެވެ.

ތަންފީޒުކުރަން އުޅެނީ އެމްޑީއެންގެ ރިޕޯޓްކަމުގައިވެސް ޝައިޚް ޒައިދު ތުހުމަތު ކުރައްވާފައިވެއެވެ.

"ކޮމަންޑޫ ދާއިރާ އެމްޑީޕީއށް ނުދޭން އެ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އިލްތިމާސްކުރަމެވެ." ޝައިޚް ޒައިދު ވިދާޅުވެފައިވެއެވެ.

https://twitter.com/alizaid1000/status/1484748457906946050

ޝައިޚް ޒައިދު ނިސްބަތްވެވަޑައިގަންނަވަނީ ސަރުކާރު ހިންގާ ކޯލީޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީން ތާއީދު ކުރާނެ މެންބަރެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެކަން މިއަދު ހާމަކުރާނެކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް