ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އެކަން ހާމަކުރެއްވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ވިދާޅުވެފައިވަނީ ކޮވިޑަށް ޕޮޒިޓިވްކަން އެނގިލެއްވީ އަތޮޅުތެރެއަށް ދަތުރުކުރެއްވުމަށް ރޭގައި ހެއްދެވި ޓެސްޓުން ކަމަށެވެ.
އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ހާލުކޮޅު ރަނގަޅު ކަމަށާއި މިވަގުތު ހުންނެވީ ގޭގައި އެކަހެރިވެގެން ކަމަށެވެ.
https://twitter.com/ibusolih/status/1484785387268874240
ރައީސް މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ރައީސް ސޯލިހާއި ރައީސް ނަޝީދު ކޮމަންޑުއަށް ވަޑައިގަންނަވާނެކަން ހާމަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް