މިރޭ ވެސްޓްހަމް އާއި ދެކޮޅަށް ނިކުންނައިރު، ޔުނައިޓެޑުގައި އަނިޔާގެ މައްސަލަ ތަކެއް

އިނިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހަމްއާއި ދެކޮޅަށް ނިކުންނަ އިރު، މެންޗެސްޓާ ޔުނައިޓެޑުގައި އަނިޔާނެ މައްސަލަ ބޮޑުކަމަށް އެ ކުލަބުން ބުނެފިއެވެ. ދައް ފޯމެއްގައި އޮތް ޔުނައިޓެޑް މިރޭ ވެސްޓް ހަމ...

22 Jan 2022 | 06:58

އިނިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހަމްއާއި ދެކޮޅަށް ނިކުންނަ އިރު، މެންޗެސްޓާ ޔުނައިޓެޑުގައި އަނިޔާނެ މައްސަލަ ބޮޑުކަމަށް އެ ކުލަބުން ބުނެފިއެވެ.

ދައް ފޯމެއްގައި އޮތް ޔުނައިޓެޑް މިރޭ ވެސްޓް ހަމްއާއި ދެކޮޅަށް ނުކުންނައިރު، އެކުލަބުގެ ފުރަތަމަ އެގާރައި ހިމެނޭ މުހިންމު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭ އިރު، އޭގެ ތެރޭގައި ހޭސޭ ލިންގާޑް، އެޑިކްސަން ކަވާނީ، ލުކް ޝޯގެ އިތުރުން އާރޮން ވެން ބިސާކާ ހިމެނެއެވެ. މި ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭއިރު، ވިކްޓަ ލިންޑެލޯފް ވެސް ޗުޓީގައި ހުރުމުން މިރޭގެ މެޗުގައި އޭނާ ނުކުޅޭނެއެވެ. ލިންޑެލޯފަށް ޗުއްޓީ ދީފައިވަނީ ނިމިގެން ދިޔަ ހަފްތާގައި އޭނާ ދިރިއުޅޭ ގޭގައި ހިނގި ގޭންގް ވައްކަމުގެ މައްސަލައަކާއި ގުޅިގެންނެވެ.

މީގެ އިތުރުން ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް މިރޭގެ މެޗުގައި ނުކުޅެވިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެންމެ ފަހުން ބްރެންޓްފޯޑާއި ދެކޮލަށް ޔުނައިޓެޑް ކުޅެ 1-3 އިން މޮޅުވި މެޗުގައި ރޮނާލްޑޯގެ ކަރަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާއަށް ވަނީ ހޮސްޕިޓަލްގައި ފަރުވާވެސް ދީފައެވެ. އެހެން ކަމުން މިރޭގެ މެޗުގައި ރޮނާލްޑޯ ފެނިގެން ހިނގައިދާނެތޯ ނުވަތަ ނޫންތޯ ކުލަބުން އަދި ޔަގީންކޮށެއް ނުދެއެވެ.

މިރޭ ވެސްޓް ހަމްއާއި ދެކޮޅަށް ޔުނައިޓެޑް ނިކުންނައިރު، އެޓީމު މިވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލްގެ ހަތް ވަނާގައެވެ. އެޓީމު ހަތް ވަނާގައި އޮތީ މިހާތަނަށް ކުޅުނު 21 މެޗުން ލިބުނު 35 ޕޮއިންޓާއި އެކުގައެވެ. މިރޭ ޔުނައިޓެޑާއި ދެކޮލަށް ނިކުންނަ ވެސްޓް ހަމް އޮތީ ޔުނައިޓެޑަށް ވުރެ ދެ ޕޮއިންޓު އިތުރަށް ހޯދައިގެން ތާވަލްގެ ހަތަރު ވަނާގައެވެ.

މިރޭގެ މެޗުން މޮޅުވެގެން ޔުނައިޓެޑަށް ތާވަލްގެ ހަތަުވަނައަށް އެރުމުގެ ފުރުސަތު އޮތް ނަމަވެސް ޔުނައިޓެޑަށް ހަތަރު ވަނައަށް އެރޭނީ އެޓީމަށް ވުރެ ކުރީގައި އޮތް އާސެނަލް އަދި ޓޮޓެންހަމް ކުޅޭ މެޗުތަކުން އެދެޓީމު ބަލިވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް