އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސް އަށް ކުޅެމުން އަންނަ ސްޕެއިން ވިންގާ އެޑަމާ ޓްރައޯރޭ ގަތުމަށް ޓޮޓެންހަމް އިން 20 މިލިއަން ޕައުންޑް ހުށަހަޅައިފިއެވެ.
ޓޮޓެންހަމުން 20 މިލިއަން ޕައުންޑް ޓްރައޯރޭ ގަތުމަށް ހުށަހަޅާފައި މިވަނިީ، ޓޮޓެންހަމްއިން މިދިޔަ އަންގާރަދުވަހު ހުށަހެޅި 15 މިލިއަން ޕައުންޑުގެ ހުށަހެޅުމަށް ވުލްވްސް އިން ނޫނެކޭ ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ޓޮޓެންހަމްއިން އެންމެފަހުން ހުށަހެޅި އަގަށް ވުލްވްސް އިން ނޫނެކޭ ބުނެފައެއް ނުވެއެވެ. ހަބަރުތައް ބުނާގޮތުން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެއްބަސްވުމަކާއި ގާތަށް ދިއުން ވަރަށް ގާތެވެ. އަނެއްކޮޅުން ވުލްވްސް ގައި މަޑުކުރަން ޓްރޯރޭ ބޭނުން ނުވާއިރު، ޓޮޓެންހަމް އަށް ބަދަލުވުމަށް ބޭނުންވާކަން އޭނާ ވަނީ ހާމަކޮށްފައެވެ.
ޓްރޯރޭ ޓޮޓެންހަމް އަށް ގެންދިއުމަކީ އެ ކްލަބްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ދެކެމުން އަންނަ ވަރަށް ބޮޑު ހުވަފެނެކެވެ. ނަމަވެސް ވުލްވްސްއާއި އާއެކު އޮންނަ ބަދަހި ގުޅުމަށް އަސަރެއްކޮށްފާނެތީ ޓޮޓެންހަމް އިން ޓްރޯރޭ އަށް ފާރަލަމުން އައީ ވަރަށް ވިސްނައިގެނެވެ.
ވުލްވްސް އާއި އެކު ޓްރައޯރޭ ހަދާފައިވާ ކޮންޓްރެކްޓް 2023 ވަނަ އަހަރުގެ ހޫނު މޫސުމާ ހަމައަށް ހަމަވާއިރު، އެ ކުލަބުން ގެންދަނީ އިތުރު އެއްބަސްވުމެއް ހަދައި ޓްރައޯރޭ ވުލްވްސްގައި ބެެހެއްޓުމަށް ވާހަކަތައް ދައްކަމުންނެވެ. ނަމަވެސް މި ވާހަކަތަކަށް މާ ބޮޑު ކުރިއެރުމެއް ލިބެމުން ނުދާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހެންކަމުން މިވަގުތު ޓްރައޯރޭ ކުލަބު ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭތީ ވުލްވްސް އިން އޭނާ އާއި އެކު އިތުރު އެއްބަސްވުމަކަށް އަނާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. ޓްރައޯރޭ ކުލަބު ދޫކޮށްލަން ބޭނުން ނަމަ އެ ފުރުސަތު އޭނާއަށް ދިނުމަށްވެސް ވުލްވްސްއިން ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތަކުން އަންނަނީ ބުނެމުންނެވެ.
ޓްރައޯރޭ ވުލްވްސް އާއި ގުޅުނީ މިޑިލްބަރާއިން 2018 ވަނަ އަހަރު ހޫނު މޫސުމުގައެވެ. ވުލްވްސް އާއި އެކު ޓްރައޯރޭ މިހާތަނަށް ހަތަރު ސީޒަނެއް ހޭދަކޮށްފައިވާއިރު، އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 153 މެޗުގައި 11 ގޯލު ޖަހައިދީފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް