ސްޓެލްކޯއަށް 8.9 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް 8.9 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސްފި އެވެ. ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ މި ޖަނަރޭޓަރު އިންސްޓޯލްކޮށް ނިންމާ ބޭނުން ކުރަން ފަށާނީ އަންނަ އޭޕްރިލް މަހުގެ ތ...

22 Jan 2017 | 09:53

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް 8.9 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސްފި އެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ މި ޖަނަރޭޓަރު އިންސްޓޯލްކޮށް ނިންމާ ބޭނުން ކުރަން ފަށާނީ އަންނަ އޭޕްރިލް މަހުގެ ތެރޭގައި ކަމަށެވެ. މިހާރު މާލެއަށް ބޭނުންވާ ކަރަންޓު ދޭން 64  މެގަވޮޓްގެ ކަރަންޓު އުފެއްދުމަށް 26 ޖަނަރޭޓަރު ސްޓެލްކޯއިން ބޭނުންކުރެ އެވެ.

އޮފިޝަލް ވިދާޅުވީ އިއްޔެ ގެނެވުނު ޖަނަރޭޓަރަކީ ފިންލެންޑްގެ "ވަޓްސިލާ" ބްރޭންޑްގެ ޖަނަރޭޓަރެކެވެ. މި ޖަނަރޭޓަރު ގެނައުމަށް 8.7 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

އޮފިޝަލް ވިދާޅުވީ އިމާރާތްތައް ގިނަވެ، މާލޭގައި ކަރަންޓު ބޭނުން ކުރާމިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން މިފަހަރު ގެނެވުނު ޖަނަރޭޓަރު ބޭނުން ކުރަން ފެށުމުން ކޮންމެސް ވަރެއްގެ ލުޔެއް ލިބުނަސް އެކަށީގެންވާ ހައްލެއް މާލޭގެ ކަރަންޓަށް ނުލިބޭނެ ކަމަށެވެ.

މާލޭއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމުގެ މަަސައްކަތައް ލުޔެއް ހޯދުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރު ޖުލައި 31 ގައި މާލެއާއި ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ހުޅުމާލޭގައި އަޅާ އިންޖީނުގޭގެ ބިންގާ އަޅާފައި އެވެ. “ސްޓެލްކޯ ފިފްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” ގެ ނަމުގައި ކުރިއަށްގެންދާ އެ މަޝްރޫއަކީ 100 އިންސައްތަ ލޯން އެހީގައި 100 މިލިއަނަށްވުރެ ގިނަ ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫ އެކެވެ.

މި މަޝްރޫގެ ދަށުން ހުޅުމާލޭގައި ނުވަ މެގަވޮޓްގެ ހަ އިންޖީނުގެ މައްޗަށް އެކުލެވޭ 50 މެގަވޮޓްގެ ކަރަންޓް އުފައްދައިދޭ ބޮޑު އިންޖީނުގެއެއް އަޅާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް