އީވް ގާމަންޓްއިން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޑަސްބިން ހަދިޔާކޮށްފި

ދިރިއުޅޭ މާހައުލަކީ ސާފުތާހިރު ތަނަކަށް ހަދަން ދަރިވަރުންނަށް ދަސްކޮށްދިނުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އީވް ގާމަންޓްއިން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ކުނިއަޅާ ޑަސްބިން ހަދިޔާކޮށްފި އެވ...

22 Jan 2017 | 07:48

ދިރިއުޅޭ މާހައުލަކީ ސާފުތާހިރު ތަނަކަށް ހަދަން ދަރިވަރުންނަށް ދަސްކޮށްދިނުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އީވް ގާމަންޓްއިން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ކުނިއަޅާ ޑަސްބިން ހަދިޔާކޮށްފި އެވެ.

މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްތްރީގެ ފަރާތުން ޑަސްބިންތަކާއި ހަވާލުވީ މިނިސްޓަރު ޑރ އައިޝަތު ޝިހާމް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންއުޅޭ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމުގެ އާދަ އަށަގެންނެވުމަކީ މުހިންމު ކަމެއް ކަމަށެވެ. ދުޅަހެޔޮ ސިއްހަތަކަށް ފައިދާހުރި ރަނގަޅު ކާނާއާއިއެކު، އެމީހެއްގެ ވަށައިގެންވާ މާހައުލު ސާފުތާހިރުކޮށް ބޭއްވުމަކީވެސް މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމުގައި އަމިއްލަ ފަރާތްތަކުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ. އެގޮތުން، އީވް ގާމަންޓުގެ ފަރާތުން ހަދިޔާ ކުރެއްވި ޑަސްބިންތަކަކީ ދަރިވަރުންގެ ތަރުބިއްޔަތުގައި ދަރިވަރުންގެ އުޅުން ވަކި ގޮތަކަށް ބައްޓަންކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އީވް ގާމަންޓުން އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާ ކޮށްފައިވަނީ 240 ޑަސްބިނެވެ. މިކަމަށް ހަތަރު ލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޑަސްބިންތައް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފޮނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް