ސިޔާސީ ގޮތުން ރާއްޖެ ޙައްދު ފަހަނަ އަޅާ ދިޔުމުގެ ސަބަބުން އަޅުގަނޑުމެންގެ އިސްލާމްދީނަށާއި ދިވެހި މުޖުތަމައު އަށް ކުރާ ގެއްލުންތަށް ބޮޑު ކަމަށް ދީނީ ޢިލްމުވެރިން ފާހަގަ ކުރައްވައިފިއެވެ.
މިހިނގާ 2017 ވަނަ އަހަރުގެ ފުރަތަމަ "ދީނީ ޢިލްމުވެރިންގެ މަޙާސިންތާ" ގެ ނިމުން ރޭ ބާއްވާފައިވާ އިރު، އެމަހާސިންތާގެ ނިމުމުގައި ވާހަކަ ދައްކަވަމުން ދީނީ ޢިލްމުވެރިން ވިދާޅުވެފައިވަނީ ސިޔާސީ ގޮތުން ހައްދު ފަހަނަ އަޅާ ދިޔުމުގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާ ކަމަށާއި އެމައްސަލަ ޙައްލު ކުރުމަށް ފިޔަވަޅު އެޅުމަށެވެ.
ސިޔާސީި ގޮތުން ހައްދު ފަހަނަ އަޅާ ދިޔުމުގެ ސަބަބުން އިސްލާމްދީނަށާއި ދިވެހި މުޖުތަމައުއަށް ލިބޭ ގެއްލުންތައް ވީހާވެސް ކުޑަ ކުރުމުގެ ގޮތުން ހުރިހާ ފަރާތްތަކުންވެސް ގުޅިގެން މަސައްކަތްކުރުމަށާއި އެކަން ހުއްޓުވަން ފިޔަވަޅު އެޅުމަށް ދީނީ ޢިލްމުވެރިންވަނީ ގޮވާލާފައެވެ.
މީގެ އިތުރަށް ދީނީ އަދި ސިޔާސީ ކަންކަމުގައި އުފެދޭ ހިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަކު ސަލާމް ކުރުމުން ދުރުވުމާއި އެކަކު އަނެކަކު ނަފްރަތު ކުރުން ފަދަ، އިސްލާމީ ގޮތުން އެކަކު އަނެކަކު އަދާ ކުރަން ޖެހޭ ހައްގުތަކުން ދުރުހެލިވުމަކީ ރަސޫލާގެ ސުންނަތާ ކަނޑައެޅިގެން ހިލާފު އަދި ހައްދު ފަހަނަ އެޅުމުގެ އަމަލެއް ކަމުގައި ބެލެވޭނެ ކަމަށް ވެސް އިލްމްވެރިން ވަނީ "ދީނީ ޢިލްމުވެރިންގެ މަހާސިންތާ" ގެ ނިމުމުގައި ރޭ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް