ސޮލޮމޮން އައިލެންޑްސް ކައިރިޔަށް 7.9 މެގްނެޓިއުޓްގެ ބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެ އެވެ.
މި ބިން ހެލުން އައިސްފައިވަނީ ރާއްޖޭ ގަޑިން ހެނދުނު 9:30 ހާއިރު އެވެ. މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މެޓް އޮފީހުން ހާމަކުރެ އެވެ.
ޕެސިފިކް ސުނާމީ ވާނިން ސެންޓާ (ޕީޓީޑަބްލިއުސީ) ން ހާމަކޮށްފައިވާގޮތުގައި އެ ބިންހެލުމުގެ ސަބަބުން 0.3 މީޓަރާއި 1 މީޓަރުގެ ސުނާމީއެއް ސޮލޮމޮން އައިލެންޑްސް ނުވަތަ ޕަޕުއާ ނިއު ގިނީގެ އައްސޭރިފަށުގައި އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމެކެވެ. އެކަމަކު އެހެން ގައުމަކަށް ސުނާމީގެ އަސަރެއް ނުކުރާނެ ކަމަށް ބުނެ އެވެ.
މި ބިންހެލުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް ނުލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް