މަސައްކަތް ކުރާ މާހައުލުގެ ސަބަބުން ބަލިވާ ސަބަބު އެނގޭތަ؟

އޮފީސް ދާއިރާގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ ވަރަށް ޕްރެޝަރުގައި ސުންގަޑިއަށް މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އޮފީސް ނިންމާފައި ގެއަށް ދާއިރު މާ ބޮޑަށް ހާސްވުމުގެ ސަބަބުން ރޯގާ ޖެހި، ޕްރެޝަރު މ...

22 Jan 2017 | 05:28

އޮފީސް ދާއިރާގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ ވަރަށް ޕްރެޝަރުގައި ސުންގަޑިއަށް މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އޮފީސް ނިންމާފައި ގެއަށް ދާއިރު މާ ބޮޑަށް ހާސްވުމުގެ ސަބަބުން ރޯގާ ޖެހި، ޕްރެޝަރު މައްޗަށް ގޮސް ހުންނަ ވާހަކައަކީ އާންމުކޮށް އެންމެވެސް ދައްކާ ވާހަކައެވެ.

އެކަމަކު ކޮންމެ ދުވަހެއްގެ އޮފީސް ނިމޭއިރު މުވައްޒަފަށް އެ އައިސް ހުންނަ ބަދަލަކީ ހަމައެކަނި ޕްރެޝަރުގައި މަސައްކަތް ކުރަން ޖެހުމުން އަންނަ ބަދަލެއް ނޫންނެވެ. ވަޒީފާގެ ސަބަބުން މުވައްޒަފުން ބަލިވާން ޖެހޭ ސަބަބު ހޯދަން ދާދިފަހުން ވަނީ އެމެރިކާގެ ޔުނިވާސިޓީއަކުން ދިރާސާއެއް  ކޮށްފައި އެވެ.

ތިރީގައި އެވަނީ ދިރާސާފައި ފާހަގަވި މުހިންމު ކަންކަމެވެ.

އޮފީސް މާބޮޑަށް ސާފުވުން:

އަލަށް ވަޒީފާއަށް ދާ މީހުން ނުވަތަ ކޮންމެ ދުވަހަކު ގޮސް އޮފީހަށް ވަންނަ އިރު ބޭނުންވާނީ އޮފީސް މާހައުލަކީ ވަރަށް ސާފުތާހިރުކޮށް އޮންނަ ތަނަކަށް ވާށެވެ. އެ މަސައްކަތް ކުރަން ވަކިން މީހުން ލާފަ ތިބޭތީ އާއި އެކުއެވެ.

އެކަމަކު މާބޮޑަށް އޮފީސް ސާފުކޮށް ބޭއްވުމުން އެ ތަނުގައި މަސައްކަތް ކުރާ މީހުންގެ ސިއްހަތަށް ވާ ގެއްލުން މާބޮޑެވެ. ސާފުކުރަން ބޭނުން ކުރަނީ ބެކްޓީރިއާ ނައްތާލާ ސާފު ކުރާ ސާމާނެވެ. އެ ޕްރޮޑަކްޓުތައް ބޭނުންކޮށްގެން އޮފީހުގެ ކޮންމެ ތަންކޮޅެއް ވަކިން ސާފު ކުރުމުގެ ސަބަބުން މަސައްކަތް ކުރާ މުވައްޒަފުން އެލާޖިކްވެ، ހަންގަނޑަށް ގެއްލުންވާ ގޮތްވެ އެވެ.

ސާފު ކުރުމުގެ ސަބަބުން އުފެދޭ ކުދި ކުނި:

އާންމުކޮށް އޮފީހުގައި އިނދެގެން މަސައްކަތް ކުރަން ޖެހޭ މީހުންނަށް މިއީ ދިމާވެދާނެ މައްސަލަ އެކެވެ. އޮފީސް ތެރެ ސާފުކޮށް ނިމެއިރު ކުދި ކުނި ނުވަތަ ޑަސްޓް ގޮނޑި އާއި މޭޒު ނުވަތަ ފޮތް އަދި ފައިލް ތަކުގައިވެސް ތަތްލަވައެވެ.

ދެން އޭގެން ސަލާމަތް ނުވެވިގެން އުޅެން ޖެހުމުގެ ސަބަުން ލޯ ކަހާ، ގައި ކަހާ ގޮތްވެ އެވެ. މިކަން ރަނގަޅު ކޮށްލުމުގެ ގޮތުން ސާފު ކުރާ ގަޑީގައި ފޮތިގަނޑެއް މަސައްކަތް ކުރާ ތަނުގައި އެޅުމަކީ ކުރެވިދާނެ ކަމެކެވެ.

އޮފީހުގައި ގަސް ގިނަވުން:

އޮފީހުގެ އެކި ކަންކަަނުގައި ޕޮޓުގައި ގަސްއިންދާފައި ބެހެއްޓުމަކީ އާންމުކޮށް ކުރާ ކަމެކެވެ. އެހެން ބެހެއްޓީމައި ވަރަށް ރީއްޗެވެ. އެކަމަކު އޭގެ ސަބަބުން އިންސާނާގެ ސިއްހަތަށް ވަރަށް ގެއްލުންވެ އެވެ.

ނޭވާލާ ނިޒާމަށް އެގޮތަށް އިންދާފައި ހުންނަ ގަސްގަހުގެ ސަބަބުން އަސަރު ކުރެ އެވެ. އަދި އެލާޖީވުން އަވަސްވާނެ އެވެ.

ގިނަ ފަހަރު މަސައްކަތް ހުންނަ ގޮތުން ބޭރަށް ނުކުމެ ނުވަތަ ގެއަށް ގޮސް ކާލާނެ ވަގުތު މުވައްޒފުންނަށްނުވެ އެވެ. އޮފީހުގައި އިނދެގެން ކެވޭ އެއްޗެއް ކާންވެގެން ގިނައިން ކެވެނީ ފެޓް ހުންނަ ފޮނި ގަދަ އެއްޗިއްސެވެ.

ޕްރެޝަރުގައި މަސައްކަތް ކުރުން:

އެންމެވެސް އެއްބަސްވާ އެއް ކަމަކީ އޮފީސް މާހައުލުގެ ސަބަބުން ބަލިވަނީ ޕްރެޝަރުގައި މަސައްކަތް ކުރަން ޖެހި އެކަމާ ވިސްނަން އަބަދު ޖެހޭތީ އެވެ. އެއީ ހަމަ ތެދެކެވެ. މި ދިރާސާ ހެދި އެމެރިކާގެ ވެކްސްނާ މެޑިކަލް ސެންޓަރުގެ ޓީމުން ބުނެފައިވަނީ އޮފީސް މާހައުލުން ކުރުމަތިވާ ޕްރެޝަރަކީވެސް ބަލިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެކަމަކު މަތީގައި އެވާ ހުރިހާ ކަމަކީ ސިއްހަތަށް ސަމާލުކަން ދިނުމުގޮތުން އޮފީހުގައި ހިނގާ ކަންކަންތޯ ބަލަންޖެހޭ ކަންކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް