ކޮޕާ ޑެލްރޭ: ފަހުވަގުތުގައި މެސީ ޖެހި ގޯލާއެކު ބަރސާ މޮޅުވެއްޖެ

ސްޕެނިޝް ކޮޕާ ޑެލްރޭގެ ކުއަރޓާ ފައިނަލްގެ ފުރަތަމަ ލެގުގެ ފަހުވަގުތުގައި މެސީ ޖެހި ގޯލާއެކު ބަރސާ މޮޅުވެއްޖެއެވެ. އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކޭމްޕް ނައުގައި ބަރސާއިން އެތްލެޓިކޯއާއި ދެކޮޅަށް ކުޅުނ...

22 Jan 2015 | 08:56

ސްޕެނިޝް ކޮޕާ ޑެލްރޭގެ ކުއަރޓާ ފައިނަލްގެ ފުރަތަމަ ލެގުގެ ފަހުވަގުތުގައި މެސީ ޖެހި ގޯލާއެކު ބަރސާ މޮޅުވެއްޖެއެވެ.

އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކޭމްޕް ނައުގައި ބަރސާއިން އެތްލެޓިކޯއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ.

މެޗުގެ ގިނަވަގުތު ބަރސާއިން ބޯޅަ ހިފެހެއްޓިނަމަވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފުރަތަމަ ހާފްގައި ލުއިސް ސުއަރޭޒްއަށް ލިބުނު ހުސް ފުރުސަތެއް އޭނާވަނީ ބޭކާރު ކޮށްލާފައެވެ.

އެތްލެޓިކޯގެ ކުރިއަށް ކުޅެމުން އައި ކުރީގެ ޗެލްސީ އަދި ލިވަރޕޫލް ފޯވަރޑް ފެނާންޑޯ ޓޮރޭސް އަނބުރާ އެތްލެޓިކޯއާއި ގުޅުމަށްފަހު ރިއާލް ކޮޅަށް ދެ ގޯލް ކާމިޔާބުކުރިއިރު، މި މެޗުގައި ފެނިގެންދިޔައީ ދަށް ކުޅުމެކެވެ.

މެޗުގެ ފަހުހާފުގެ 83 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީ ބަރސާގެ ތަރި ލިޔޯ މެސީ ކުރިއަށް ފޮނުވާލިނަމަވެސް އެތްލެޓިކޯގެ ކީޕަރވަނީ ޕެނެލްޓީ ދިފާއުކޮށްފައެވެ. ނަމަވެސް އެހެން ކުޅުންތެރިއަކަށް ބޯޅައާއި ހަމައަށް ދެވުމުގެ ކުރިން މެސީވަނީ ދެވަނަ ފަހަރަށް ބޯޅަ ގޯލަށް ފޮނުވާލާ މެޗުގެ ލީޑު ނަގާފައެވެ.

މި ދެޓީމް ކޮޕާ ޑެލްރޭގެ ކުއަރޓާ ފައިނަލް ދެވަަނަ ލެގުގައި އެތްލެޓިކޯގެ ވިސެންޓޭ ކެލްޑެރޯންގައި ނިކުންނާނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް